މަންދީ އާއި މާޒް ސަލީމް ބަރަހަނާކޮށްގެން ފޮޓޯ ނަގަން އަމުރު ނެރުމުން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
މިރާޝް މޫސާ

SHARE
އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް) ބަރަހަނާ ކޮށްގެން ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކުރުމުން އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން އެފަދަ އަމުރެއް ނެރުނީ ފުލުހުންގެ އެދުމުގެ މަތިންނެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ވެސް ފާޑުކިޔަމުންނެވެ.
ކްރިމިނަލް ކޯޓުން އަމުރުކުރީ އެ ދެ މީހުންގެ ޖިންސީ ގުނަވަން ފިޔަވައި މުޅި ހަށިގަނޑު ފޮޓޯ ނެގުމަށެވެ. އެފަދަ އަމުރަކަށް ފުލުހުން އެދުނީ އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅޭގޮތުން ދެއްކި ވާހަކައެއްގެ ތަހުގީގަށެވެ.
ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވާ ބައެއް މީހުން ބުނީ އެފަދަ ފޮޓޯތައް ނަގަނީ ޝަރީއަތުގެ މަޖިލީހަށް ކަމެއް ސާބިތުކޮށްދިނުމަށް ކަމަށެވެ. ނަމަވެސް ދެއްކި ވާހަކައަކާ ގުޅޭގޮތުން ތަހުގީގު ކުރެވޭ މައްސަލައެއްގެ ހެއްކަކަށް ހަށިގަނޑުގެ ފޮޓޯ ހުޅަހަޅަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.
މިހާތަނަށް ފުލުހުން އެފަދަ ފޮޓޯތައް ނަގާފައި ވަނީ ޖިންސީ ގޯނާ އާއި ރޭޕްގެ މައްސަލަތަކުގެ ހެކި ހޯދުމަށެވެ.
.png&w=3840&q=75)
މިކަމާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ކްރިމިނަލް ކޯޓާއި ފުލުހުން ވެސް އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއްނުވެއެވެ.