logo

އެމްޑީޕީން މަގުމައްޗަށް ނުކުމެ މާ މައްޗަށް ދަންޏާ ސައިޒު ކުރާނަން: ޝުޖާއު

މިރާޝް މޫސާ

22 އޭޕްރީލު 2025 - 21:21
އެމްޑީޕީން މަގުމައްޗަށް ނުކުމެ މާ މައްޗަށް ދަންޏާ ސައިޒު ކުރާނަން: ޝުޖާއު

ޮޕީއެންސީގެ ޖަލްސާގައި ޝުޖާއު ވާހަކަދައްކަވަނީ --- ފޮޓޯ: ޕީއެންސީ

SHARE

އިދިކޮޅު އެމްޑީޕީން މަގުމައްޗަށް ނުކުމެ މާ މައްޗަށް ދާނަމަ އެ ޕާޓީ ސައިޒް ކުރާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ހަމައިން ނެއްޓިގެން އެމްޑީޕީން މަގުމައްޗަށް ނުކުންނަން އުޅޭނެ ކަމެއް ނެތް ކަމަށެވެ.

"ސައިޒުކުރާނަން. މާ މައްޗަށް ދަންޏާ. މަގުމަތިން އަޅުގަނޑުމެންގެ ސަރުކާރާ ތޮޅެން ހަދާނެ ކަމެއް ނެތް. އެކަމެއް ނުވާނެ،" ޝުޖާއު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ފާލުން ނެއްޓިއްޖެ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން މިރޭ ވަނީ މާލޭގައި ކުއްލި އެއްވުމެއް ބާއްވާފައެވެ. އެ އެއްވުމުގައި ވާހަކަދެއްކި މީހުން ބުނީ ކުރިއަށްއޮތްތަނުގައި ވެސް އެފަދަ އެއްވުންތައް ބާއްވާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ވޯޓު މަދުވެދާނެތީ ކުރަން ނުކެރި ހުރި ކަންކަން ރައީސް މުއިއްޒު ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކޮށް، ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރީ ވޯޓު ގެއްލޭނެކަން އެނގިހުރެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުންތައް އާސަންދައިގެ ތަފާސްހިސާބުތަކުން އެނގޭ ކަމަށާއި ރަށްރަށުގައި ތިބި އުމުރުން ދުވަސްވީ މީހުން ވެސް ދުންފަތާ ދުރުވާންޖެހޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ރަށްރަށުގައި ތިއްބަވާ އަޅުގަނޑުމެންގެ އިސް ރަށްވެހިންނަށް މި ދަންނަވަނީ ހަސަންބެއޭ ތިޔަކަން ހުއްޓާލާށޭ. އެންސްޕާ އާއި އާސަންދައިގެ ހިސާބުތައް ބަލާލާއިރު، އެންމެ ބޮޑު ހޭދައެއްކޮށްފައި އޮތީ ދުންފަތުގެ ސަބަބުން ދިމާވާ ބަލިތަކަށް ފަރުވާދީގެން،" ޝުޖާއު ވިދާޅުވިއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/