ތިން ހޮސްޕިޓަލެއް އަޕްގްރޭޑް ކުރަން ދެ ކުންފުންޏަކާ ހަވާލުކޮށްފި

މަރްޔަމް މާޙީ

SHARE
ތިން ރަށެއްގެ ހޮސްޕިޓަލްތައް އަޕްގްރޭޑް ކުރަން ސަރުކާރު ހިއްސާވާ ދެ ކުންފުންޏަކާ ހަވާލުކޮށް ސޮއިކޮށްފިއެވެ.

އެކަމަށްޓަކައި ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހިމް ވިދާޅުވީ މިއީ ސިއްހީ ދާއިރާގެ އުމްރާނީ ވަސީލަތްތައް ގާއިމްކޮށްދެއްވުމަށް ޓަކައި ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށެވެ. އެގޮތުން އަޕްގްރޭޑް ކުރަން ހަމަޖެހިފައިވަނީ ޅ. ނައިފަރު ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ.
މި ތިން ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މިނިސްޓަރު ވަނީ މި މަޝްރޫއުތަކަކީ އަތޮޅުތަކުގެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކޮށް ފެންވަރު މަތިކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސްރޫއުތަކެއްކަން ފާހަގަކުރައްވާފައެވެ.