މެޑިކަލް ޓޫރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް އަޅަން ޕްރޮޕޯސަލްތަކެއް ލިބިއްޖެ: ނާޒިމް
ފާތިމަތު މިޝްކާ

އަހާށޭ ބުނާނަން ޕްރޮގްރާމްގައި ނާޒިމް ވާހަކަދައްކަވަނީ --- ފޮޓޯ: ޕީއެސްއެމް
SHARE
ރާއްޖޭގައި މެޑިކަލް ޓުއަރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ޕްރޮޕޯސަލްތަކެއް ލިބިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގައި މެޑިކަލް ޓޫރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމުގެ ޝައުވެރިކަން ރާއްޖެ އަންނަ ބައެއް ބޭރުގެ އިންވެސްޓަރުން ފާޅުކުރަމުންދާކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން ޕްރޮޕޯސަލްތައް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މީހުންނަށް ތަމްރީނުދެވޭނެ ކޮލެޖަކާއެކު ރިސޯޓެއްގައި ހޮސްޕިޓަލެއް ތަރައްގީކުރަން ޕްރޮޕޯސަލްތައް ލިބެމުންދާ ކަމަށެވެ. އެހެންވެ، އިކޮނޮމިކް ކައުންސިލަށް އެ ޕްރޮޕޯސަލްތައް ހުށަހަޅައިގެން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފަތުރުވެރިކަން ކުރިއަރުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މެޑިކަލް ޓޫރިޒަމް ރާއްޖޭގައި ރާއްޖޭގައި ފުޅާކުރުމަކީ އޭނާގެ ތަސައްވުރެއް ކަމަށެވެ.
އެމްއެމްޕީއާރުސީ އާއި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން މަތީ ފެންވަރުގެ ބޭސްފަރުވާގެ ޚިދުމަތް ދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރަންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
.png&w=3840&q=75)