logo

ބައިބަލާ ޗެމްޕިއަން ޓީއެފްޓީގެ ކާމިޔާބީ ފާހަގަކުރަން މާލޭގައި ހަވާ އަރުވަނީ

މިރާޝް މޫސާ

26 އޭޕްރީލު 2025 - 10:40
ބައިބަލާ ޗެމްޕިއަން ޓީއެފްޓީގެ ކާމިޔާބީ ފާހަގަކުރަން މާލޭގައި ހަވާ އަރުވަނީ

ބައިބަލާ މުބާރާތުގެ ޗެމްޕިއަން ޓީއެފްޓީ

SHARE

މި އަހަރުގެ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ކާމިޔާބުކުރި ޓީއެފްޓީ ޓީމުގެ ކާމިޔާބީ ފާހަގަކުރަން މާދަމާ ހަވާ އެރުވުމާއެކު، ޚާއްސަ ހަފްލާއެއް ބާއްވަން އެ ޓީމުން ނިންމައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޓީއެފްޓީގެ ކާމިޔާބީ ފާހަގަކުރުމުގެ ހަފްލާ އޮންނާނީ މާދަމާ ރޭ އުސްފަސްގަނޑުގައެވެ. މި ހަފްލާގެ ތެރެއިން 23:30 އިން ފެށިގެން ތިން މިނެޓަށް ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވެސް މި ހަފްލާގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ލައިވް މިއުޒިކާއި، ބޮޑުބެރުގެ ހަރަކާތްތައް ވެސް އޮންނާނެ ކަމަށް އެ ކްލަބުން ބުނެއެވެ.

ޖުމްލަ 29 ޓީމު ވާދަކުރި މި އަހަރުގެ އީދު ބައިބަލާ ޗެލެންޖު ޓީއެފްޓީން ކާމިޔާބުކުރީ ފައިނަލުގައި ލޮރެންޒޯ ބަލިކޮށްގެންނެވެ. މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d