logo

ނައްޕެ: ރާއްޖޭގައި އުފެދުނު މަލްޓި ޓެލެންޓެޑް އިވެންޓް ހޯސްޓް!

ޢާލިމް އަބްދުއްލަތީފް

ޢާލިމް އަބްދުއްލަތީފް

11 އޭޕްރީލު 2024 - 14:03
ނައްޕެ: ރާއްޖޭގައި އުފެދުނު މަލްޓި ޓެލެންޓެޑް އިވެންޓް ހޯސްޓް!

SHARE

"މަށަކީ ނޫސްތަކުގަ އާޓިކަލް ޖަހައިގެން ޕަބްލިކް ސަޕޯޓް ހޯދާ މީހެއް ނޫން. މަ ކުރަނީ އިވެންޓް އޯގަނައިޒްކުރާ މީހުން ހަވާލުކުރާ މަސައްކަތް. އެކަން ބަލައިގަންނަނީ އެތަނަށް ހާޒިރުވާ ސަޕޯޓަރުން. އެމީހުންނަށް ކަމުދާ ގޮތަށް އިވެންޓް ގެންދެވުނީމަ އެއޮތީ ނިމިފަ،" ނާފިއު ރަޝީދު (ނައްޕެ)ގެ ފީޗާ އާޓިކަލަކަށް އިންޓަވިއު ހޯދަން ގުޅުމުން އޭނާ ދިން ޖަވާބަކީ މިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެކަމަކު، ނައްޕެގެ ފަރާތުން އާދައިގެ ގޮތަކަށް މި ލިބުނު ޖަވާބުން އޭނާގެ އާޓިކަލެއް ޖަހަަން ކޮންމެހެން ބޭނުންވެއްޖެއެެވެ. އެ ކަމަށް އަހަރެން ބޭނުންވެފައިވާވަރު ބޮޑު ވެސް ވިއެވެ. އަހަރެންގެ ޒަމީރު އެ ކަމަށް މަޖުބޫރު ވެސް ކުރިއެވެ.

އަލަށްވެސް އެއްވެސް ނޫސް މަޖައްލާ އަކަށް އަދި ޓީވީ ޗެނަލަކަށްވެސް އޭނާ ކުރަމުންދާ މަސައްކަތުގެ އެއްވެސް ކަމެއް މިހާތަނަށް ހިިއްސާކޮށްފައެއް ނެތެވެ. އެހެންކަމުން ފުރަތަމަ ފަހަރަށް އޭނާގެ އާޓިކަލެއް ޖަހަން އިތުރަށް ޝައުގުވެރިވިއެވެ.

ދެހާސްތޭރަވަނަ އަހަރު މީޑިއާ ދާއިރާއަށް ވަނުމުގެ ކުރިން ނާފިއު ރަޝީދު (ނައްޕެ)ގެ ކޮއްކޮ ހަމްޒާ ރަޝީދު (ހަމްޓީ) އަކީ ރާއްޖެ ދަންނަ ހުނަރުވެރި ކުޅިވަރު ޖާނަލިސްޓެކެވެ. ކޮއްކޮގެ ހުނަރަށް ނައްޕެ އަބަދުވެސް ތައުރީފު ކުރެއެވެ. އެގޮތުން އޭނާ ވެސް ބެލީ މީޑިއާ ދާއިރާއަށް ވަނުމާއެކު ލިބުނު ކޮންމެ ފުރުސަތެއްގެ ބޭނުން ހިފައި ރާއްޖޭގައި އެންމެ މަދުން ފެންނަ ޕްރެޒެންޓަރުން ނުވަތަ އިވެންޓް ހޯސްޓްކުރާ މީހުންގެ ތެރެއިން މީހަކަށް ވާށެވެ. މީޑިއާ ދާއިރާގައި ހަތަރު ޓީވީ ޗެނަލެއްގައިި ކުޅިވަރާއި ތަފާތު އެކި ދާއިރާއިން ހަބަރާއި ޕްރޮގްރާމްތައް ހުށަހަޅައިދެމުން ކުޅިވަރު އިވެންޓްތައް ހުށަހަޅައިދޭން އަމިއްލައަށް ފުރުސަތުތައް ހޯދަމުން ދިޔައެވެ. އަގަކާއި ނުލާ 4 ވަރަކަށް އަހަރު އެކި ކަހަލަ އިވެންޓްތައް ހޯދަމުން އެބަޔަކު އެދޭގޮތަކަށް ހުށަހަޅައިދެމުން ދިޔައެވެ. އަދި އެތަނެއްގައި އޮންނަ ކުޅިބަލާ މީހުންނާ އެންމެ ގާތުން ހުށަހަޅައިދޭ ހުނަރުވެރި ހޯސްޓެއްގެ ގޮތުގައި ފޭނުންގެ ނުވަތަ ސަޕޯޓަރުންގެ ލޯބި ހޯދަމުންދިޔައެވެ.

undefined

ރަސްމީކޮށް ނައްޕެ މައިކެއްގައި ހިފީ މީޑިއާގެ މަސައްކަތަށް ވަނުމުގެ ކުރިން 2011 ވަނަ އަހަރުގެ ބައިބަލާ މުބާރާތުގައި އޭރުގެ އެންމެ މަގުބޫލު ބައިބަލާ ހުށަހެޅުންތެރިޔާ ހާނިމުގެ ނިވަލުގައެވެ. އެއީ އޭރު ބައިބަލާ އެސޯސިއޭޝަންގެ ރައީސް އަހުމަދު އައްސަދު ދެއްވި ފުރުސަތެކެވެ. މައިކު އަތަށް ލިބުނެއް ކަމަކު ކުރަންޖެހުނު ކަމަކީ ދެ މެޗު ދޭތެރޭން ކުރިއަށް އޮތް މެޗުގައި ވާދަކުރާ ޓީމުތައް މައިދާނަށް ވަނުމަށް ގޮވާލުމާއި ކުޅެން އަރާތިބި ދެ ޓީމުގެ ސަޕޯޓަރުންނަށް ގޮވާލުމެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ނައްޕެ ބައިބަލާ މައިދާނުން ފެނެއެވެ. ކުޅުންތެރިންނާއި މައިދާނަށް ހާޒިރުވާ ސަޕޯޓަރުންގެ ގާތް މިތުރަކަށް ނައްޕެ ވިއެވެ. މި ފާއިތުވި އަހަރުތަކުގައި ބައިބަލާ މައިދާނުން އިވެމުންދާ ކޮމެންޓްރީ މުޅިން އެހެން ލެވެލްއަކަށް ބަދަލުކޮށްލިއެވެ. މުބާރާތުގައި އެކި ޓީމުތަކަށް ކުޅޭ ކުޅުންތެރިންގެ ނަންތައް ފަރިތަކަމާއެކު ގޮވާލައެވެ.

ބައިބަލާ ގަވައިދު ހިތުދަސްވެ، އޮފިޝަލުންނާއި ކްލަބުތަކާއި އޮންނަ ގުޅުން ބަދަހިކުރިއެވެ. ސަޕޯޓަރުންގެ ފަރާތުން އިވެމުންދާ ކުޅިވަރުގެ ރޫހާއި ހިލާފު ބަސްތަކަށް ވަގުތުން ރައްދުދީ އެ ސަޕޯޓަރަކު އަނގަ ބަންދުކުރާ ވަރުގެ މޮޅު އުކުޅުތައް ބޭނުންކުރަން ފެށިއެވެ. މެޗުތަކުގެ ފޯރި ގަދަވެ މުޅި މައިދާން ކޮންޓްރޯލްކުރާ މީހެއްގެ ގޮތުގައި އެތައް ހާސް ޒުވާނުންނެއްގެ ލޯބި ހޯދިއެވެ. ބައިބަލާ ކުޅުންތެރިން ހޯދި ވަކިވަކި ކާމިޔާބީތަކާއި ކްލަބުތަކުން އެކި އަހަރު ހޯދާފައިވާ ކާމިޔާބީތައް ފަރިތަކަމާއެކު ސަޕޯޓަރުންނަށް އިއްވައެވެ.

“ވަރަށް މަދުވާނެ މެޗެއްގެ ތެރޭން ޖެހޭ މައްސަލަތައް. އަހަރެންގެ ބަހަށް ޓީމުތަކުގެ އޮފިޝަލުން ދެކޮޅެއް ނުހަދާނެ. ހެޑް ރެފްރީ ނިންމާ ނިންމުވެސް އެނައުންސް މިކުރަނީ ހަމަ އަހަރެން. އެހެންވީމަ ހަމަނުޖެހުމަކަށް ނުގޮސް ރީތިކޮށް އަޑުއަހާނެ ޓީމުތަކުން. އެވަރަށް ކްލިއަރ ކޮށް ކިޔާދެން މުޅިތަނަށް އިވޭ ވަރަށް. އެންމެންވެސް ވަރަށް ރެސްޕެކްޓްކުރާނެ.” ނަައްޕެ ބުންޏެވެ.

ބައިބަލާ މައިދާނަކީ ނައްޕެގެ ހުނަރު އެތަނަކުން އެންމެ ފުރިހަމަކަމާއެކު ފެންނާނެ އެއްތަނެވެ. އެއީ އޭނާ ބުނާ ގޮތުންނަމަ އެކުޅިވަރަށް ހުންނަ ޝައުގާއި ލޯތްބެވެ. ސަޕޯޓަރުންނާއި ކުޅުންތެރިން އަދި އެސޯސިއޭޝަންގެ ވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އަޅާލުމެވެ. ނައްޕެއަކީ މިހާތަނަށް އެންމެ ގިނަ ބައިބަލާ މެޗުތައް ހުއްޓުމެއްނެތި ކޮންމެ މުބާރާތެއްގައިވެސް އެއް ޓެމްޕޯއެއްގައި ހުށަހަޅައިދިން ހަމައެކަނި ހުނަރުވެރިޔާއެވެ. އަދި އެއްކަމެއް ފާހަގަކޮށްލާނަމެވެ. ނައްޕެއަކީ އުފަން ލާމު އަތޮޅު ނޫނެއް ކަމަކު މެދުނުކެނޑި ލާމު ގަމުގައި ތިން އަހަރު ބޭއްވި ބައިބަލާ މުބާރާތުގައި އެކި މެޗުތަކުގައި އެރަށުގެ ބަހުރުވައިން މެޗުތަކުގެ ކޮމެންޓްރީވެސް ގެނެސްދިން ހަމައެކަނި ފަންނުވެރިޔާއެވެ.

undefined

​ނަައްޕެގެ ހުނަރު ދެން ފެނުނީ މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގައިވެސް ބާއްވަމުން އަންނަ ފުޓްސަލް މުބާރާތްތަކުގައެވެ. މުބާރާތެއްގެ އޯޕެނިންގ ސެރެމަނީން ފެށިގެން ކްލޯސިންގ އާއި ހަމައަށް ސަޕޯޓަރުން ކައްކުވާލާ، ނިންމުމުގެ ރަސްމިއްޔާތުގައި ވަނަތަކަށް ހޮވޭ ފަރާތްތަށް އެނައުންސް ކުރުމުގައި ގެންގުޅޭ އުކުޅަކީ ވެސް އެފަދަ އިތުރު ދެވަނައެއް ނެތްފަދަ މޮޅު އުކުޅެވެ. ކުޅުންތެރިޔާއާއި ޓީމުގެ ނަންތައް ގޮވާލުމުގައި އެ ގެންގުޅެނީ ހަމަ އާދަޔާ ހިލާފު ހުނަރެކެވެ. މިކަމުގައިވެސް ނައްޕެގެ ހުނަރު ފެނި ގިނަ މުބާރާތްތަކުގައި ގިނަ އޮގަނައިޒަރުން އޭނާއަށް އޮފަރ ކުރަމުންދެއެވެ. އެކަށީގެންވާ ރަނގަޅު އުޖޫރައެއް ދީފައިވެސް އެތަނަކަށް ނައްޕެގެ ގެންދެއެވެ. އެގޮތުން މިއަދު ނައްޕެ އަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑެން ފުޓަސަލް ޗެލެންޖާއި، ކްލަބް މޯލްޑިވްސްގެ މެއިން ހޯސްޓެވެ. ގުރު ނެގުމުގެ ރަސްމިއްޔާތުން ފެށިގެން މުބާރާތް ނިމެންދެން އޭނާގެ އަޑު އެތަނުގައި ގުގުމައެވެ. މީގެ އިތުރުން ނައްޕެއަކީ އަތޮޅު ތެރޭގައި ބާއްވާ އެކި ފުޓްސަލް މުބާރާތްތަކުގެ އިތުރުން ރިސޯޓް ފުޓްސަލް ލީގުގައި ވެސް ހިމެނޭ އެޓީމުގެ މުހިންމު މެންބަރެކެވެ. މެޗުތަކުގެ ކޮމެންޓްރީ ދިނުމާއި ލައިވް ޓީމުގެ އިތުރުން ދަނޑުގައި ހަރަކާތްތެރިވާ އޮފިޝަލެއްގެ ވާޖިބުވެސް އަދާކުރާ ޒިންމާދާރު ވެރިއެކެވެ.”​މިހުރިހާ ކަމަކުންވެސް އެންމެ ބޮޑު ކަމެއްގެ ގޮތުގައި ނައްޕެ ފާހަގަކުރަނީ އާ އަހަރު ފާހަގަކުރުމާއި އީދު ފަދަ މުނާސަބުތައް ފާހަގަކުރުމަށް ބާއްވާ މިއުޒިކް ޝޯތަކެވެ. އަދި އެކި ކުންފުނިތަކުން ފާހަގަކުރާ މާކެޓިންގ އިވެންްޓުތަކާއި އެ ކުންފުނިތަކުގެ އަހަރީ އިވެންޓްތަކެވެ. މިއީ އެކަމަކަށް ނައްޕެ ހާއްސަ ސަމާލުކަމެއް ދީގެން ސަޕޯޓަރުންނާ ގާތުން ހަރަކާތްތެރިވާ އިވެންޓްތަކެވެ. މީގެތެރެއިން ވެސް ނައްޕެ އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މި ފާއިތުވި ތިން އަހަރު އެކި ރަށްތަކުގައި ހުށަހަޅައިދިން އީދު ޝޯތަކެވެ. އެ ޝޯތަކުގައި އޭނާވަނީ ސަޕޯޓަރުން ހައިރާންކޮށްލާފަދަ ހުށަހެޅުމަކާއެކު ބައެއް އާޓިސްޓުންނާއެކު ލަވަ ކިޔުމުގައި ބައިބެރިވުމުގެ އިތުރުން ފަންނާނުންނާއެކު ނެށުމުގެ ބައެއް އައިޓަމްތަކުގައިވެސް ބައިވެރިވެފައެވެ.

“މިދިޔަ އަހަރު ބޮޑު އީދުގައި މާފުށިގައި ބޭއްވި ޝޯ ވަރަށް ސަޅި. ވަރަށް ބޮޑު ކްރައުޑަކާއެކު ވީމަ މުޅި ޝޯގަވެސް އެންމެ ވަގުތުކޮޅެއްވެސް މަޑުން ނުހުރެވޭ. ނަށަންވެސް އަރަން. ލަވަ ކިޔުންތެރިޔާ ސޮފޫ އެކީ ލަވަވެސް ކިޔާލިން. މުޅި އޯޑިއެންސް އެކީ ކެކިގެންދިޔަ އެވަގުތުކޮޅު. އަދި ވަރަށް ފާހަގަކޮށްލެވޭ ހަމަ މިދިޔަ އަހަރު ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހު ކްރޮސް ރޯޑްސް މެރީނާ ބޭގައި ބޭއްވި ސްޓާފް އިވެންޓް. ހަވީރުގެ ކުޅިވަރުތަކާއެކު ރޭގަނޑު އޮތް މިއުޒިކް ޝޯއަކީ ވަރަށް ފުރިހަމައަށް 1800 އެއްހާ މުވައްޒަފުންނާ ވަރަށް ގާތުން ހުށަހެޅުނު އިވެންޓެއް. ވަރަށް އެންޖޯއި ކުރި އެ އެންމެންވެސް.” ނައްޕެ ބުންޏެވެ.

ނައްޕެ ވަނީ ފާއިތުވި އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ މިއުޒިކް ޝޯއާއި، އުރީދޫ ކަލަރަން އަށްފަހު ބޭއްވި މިއުޒިކް ޝޯތަކުގެ އިތުރުން ބޭރުގެ މަގުބޫލު ފަންނާނުން ޕާފޯމްކުރި ގިނަ ޝޯތަކެއް ހުށަހަޅާ ދީފައެވެ. މި ޝޯތަކުންވެސް ނައްޕެ ވަނީ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައެވެ.

undefined

ނައްޕެ ވަނީ މި ފާހަގަކޮށްލި މައި ތިން ހަރަކާތުގެ އިތުރުން ބޮޑެތި ގިނަ އިވެންޓުތަކެއް ހޯސްޓުކޮށްފައެވެ. އޭގެ ތެރޭގައި މިދިޔަ ނޮވެމްބަރު މަހު ރަސްފަންނުގައި ބޭއްވި ފަލަސްޓިނު ގާޒާ ރައްޔިތުންނަށް އެހީވުމަށް ބޭއްވި ފަންޑްރައިސިންގ އިވެންޓާއި، އެފްއޭއެމް އެވޯޑް ނައިޓް، މިސްޓަރ މޯލްޑިވްސް، ސިމްބޮލިކް ރެކޯޑްސް ފުރަތަމަ އަލްބަމް (މާރޯކާ) ރިލީސިންގ އިވެންޓް، އެ ބޭންޑުގެ ވަލު ދޮރާށި މުއިޒަކް ޝޯވ، ބަނޑޮސް މޯލްޑިވްސްގެ ސްޓާފް ނައިޓް، ރަފީ އެންޖީއޯގެ ގާލާ ނައިޓް، ކުޑަގިރީގައި ބޭއްވި އީދު ޝޯވ އާއި ކުޑަކުދިންގެ ހަވީރު، އެޗްޑީސީ ސްޓާފް ނައިޓް، އއ. މަތިވެރި އަދި ށ. މާއުނގޫދޫގައި ހުޅުވި ސްޕޯޓްސް އެކަޑަމީ އިވެންޓް، ޕޫލް ބިލިއަޑް މުބާރާތްތަކުގެ އޯޕެނިންގ ސެރެމަނީ ތަކާއި ކްލޯސިންގ އިވެންޓްތައް އަދި ހޭންޑް ބޯލް މުބާރާތްތަކުގެ އޯޕެނިންގ އާއި ކްލޯސިންގ އިވެންޓްތައް، ލ. ގަން މުކުރިމަގުގައި ބޭއްވި ކުޑަކުދިންގެ ކަލަރ ރަން، ބައިބަލާ މުބާރްތަކާއި ކްލަބް މޯލްޑިވްސް އަދި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޑްރޯ ސެރެމަނީތަކާއި ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވި ބީޗް ހޭންޑް ބޯޅަ މުބާރާތުގެ އިތުރުން ވޮލީ މުބާރާތްތަކުގެ ކްލޯސިންގ ސެރެމަނީ އާއި މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ، ދިރާގު ޔޫތު ސުޕަރ ސްޓައިލް ބެޓަލް (ފްރީ ސްޓައިލް) އިވެންޓް، ރާއްޖެ ޓީވީ އެނިވަރސަރީ ނައިޓް، އުރީދޫ ބޮކި ބޯޅަ މުބާރާތުގެ އިތުރުން އެކުންފުނިން ބޭއްވި ގިނަ ވިޔަފާރި އިވެންތައް ފާހަގަކޮށްލެވެ.

ބައިބަލާ މުބާރާތެއް ހަމަ ގައިމު ވެސް ފުރިހަމަ ވަނީ ނައްޕެގެ ކޮމެންޓްރީއާއެކުގައެވެ. އޭނާގެ ތަފާތު ސްޓައިލާއެކުއެވެ. އޭނާއަކީ ބައިބަލާގެ ކިންގޭ ބުނުމަކީ ހަގީގަތުގައި ދޮގެއް ނޫނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d