ގުޅީފަޅުން ގޯތި ލިބިނު މީހުންނަށް މޭ މަހުގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރަނީ

މަރްޔަމް މާޙީ

SHARE
ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންނަށް ގޯތީގެ ރަޖިސްޓްރީ މޭ މަހުގެ ތެރޭގައި ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގޯތި ހަވާލު ކުރުމުގައި ލަސްވީ އެތަން ތިލަމާލެ ބްރިޖުގެ އެކި މަސައްކަތްތަކަށް ބޭނުންކުރަމުން ދާތީ ކަމަށެވެ.
ނަމަވެސް އެ ތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް ގުޅިފަޅުން މިއަންނަ މަހުގެ ތެރޭގަައި ގޯތި ދޫކުރަން ފަށާނެ ކަން ހާމަކުރެއްވިއެވެ. އަދި ގުޅިފަޅުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބަޔަކާ ހަވާލު ކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ގުޅިފަޅުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެތަނަށް ޖުމްލަ 600 މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.