logo

މަހުޒޫމް ޝުމްބާއާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފި

ސައިފުﷲ އަލީ

6 މޭ 2025 - 19:07
މަހުޒޫމް ޝުމްބާއާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފި

އަބްދުﷲ މަހުޒޫމް މާޖިދު --- ފޮޓޯ: ޕީއެސްއެމް

SHARE

ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިޔުޓީ މިނިސްޓަރު އަބްދުﷲ މަހުޒޫމް މާޖިދު ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް)އާ ދެކޮޅަށް އަބުރުގެ ދައުވާކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އެމްއެމް ޗެމްބާސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެމްވީ ކްރައިސިސްގެ ނަމުގައި ހިންގާ ޕޭޖް، އެކައުންޓް އަދި ޗެނަލަކުން މީސް މީޑިއާގެ އެކި މަންސަތަކުގައި ޝާއިއުކުރި ހަބަރެއްގައި މަހުޒޫމްގެ އިތުރުން މ. ހަސްތީ، އައިޝަތު ޝިމަން އަހްމަދުގެ ފޮޓޯ ޖަހާފައިވާ ކަމަމަށެވެ.

އެއަށްފަހު އެ ދެ މީހުން ހަރަކާތްތެރިވާ މުޒާހަރާއެއްގެ ބޭނުން ހިފައި ދެ ޒުވާނަކު ނަހަމަގޮތުގައި ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާކަން ހާމަވެއްޖެ ޚަބަރުފަތުރާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ޚަބަރުގެ ސަބަބުން މުޖުތަމައުގެ ތެރޭގައި މަހުޒޫމްގެ އަގުވެއްޓި އޭނާ ކުރަމުންދާ ވިޔަފާރިއަށް ގެއްލުންވަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެއިތުރުން ގާނޫނުއަސާސީގެ 33 ވަނަ މާއްދާގައި ވާ ގޮތުގެމަތިން ކޮންމެ މީހަކަށް އެ މީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ކަށަވަރުކޮށްދީފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/