logo

ފްލެޓް ލިސްޓާ ގުޅިގެން ގިނަ ބަޔަކު ޝަރީއަތަށް މައްސަލަ ހުށަހަޅައިފި

ފްލެޓް ލިސްޓާ ގުޅިގެން ގިނަ ބަޔަކު ޝަރީއަތަށް މައްސަލަ ހުށަހަޅައިފި

SHARE

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅިގެން ގިނަ ބަޔަކު ޝަރީއަތަށް މައްސަލަ ހުށަހަޅައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

"ނުކުތާ"އަށް އެނގިފައިވާގޮތުގައި މިހާތަނަށް 16 ވަރަކަށް މީހުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އެކި މީހުން ދައުވާ ކުރީ އެކި ކަންކަމާ ގުޅޭގޮތުންނެވެ.

މިދިޔަ ސަރުކާރުން ނެރުނު ފްލެޓް ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް މި ސަރުކާރުން ހުޅުވާލިގޮތާ މެދު ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ. އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތުކުރަން ހުށަހަޅާފައިވާ ބައެއް ލިޔުންތައް ބަލައި ނުގަންނަން މި ސަރުކާރުން ނިންމުނުން، އެ ލިޔުންތަކުގެ ބަދަލުގައި އެކަން ސާބިތުކުރަން އިތުރު ލިޔުންތައް ހުށަހަޅަން ފުތުސަތު ދީފައިނުވުމެވެ.

ފްލެޓް ލިސްޓަށް 8،602 ޝަކުވާ ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމް ކުރިން ވިދާޅުވެފައި ވަނީ ހުށަހެޅި ޝަކުވާތައް ބަލައި ފައިނަލް ލިސްޓް ނެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ހައުސިން މިނިސްޓްރީން ބުނީ އެންމެ ގިނައިން ޝަކުވާ ލިބުނީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެއީ 5236 ޝަކުވާއެވެ. ދެވަނައަށް އެންމެ ގިނަ ޝަކުވާ ލިބުނީ ސިޓީ މެދުވެރިކޮށެވެ. އެއީ 526 ޝަކުވާއެވެ. އީމެއިލް މެދުވެރިކޮށް ޖުމްލަ 2840 ޝަކުވާ ލިބިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޕޯޓަލް ތެރެއިން ހުށަހެޅި ޝަކުވާތަކަކީ ލިސްޓްގައި ނަން އޮވެ ފްލެޓް ނުލިބޭ މީހުންގެ ޝަކުވާއެވެ. އީމެއިލް އަދި ސިޓީ މެދުވެރިކޮށް ޝަކުވާ ހުށަހެޅީ ފްލެޓް ނުލިބޭ މީހުންގެ އިތުރުން އާންމު ރައްޔިތުންނެވެ.

މިދިޔަ ސަރުކާރުން ފްލެޓް ލިބޭ ކަމަށް ކަނޑައަޅައި ނެރުނު 4000 މީހުންގެ ލިސްޓް ރިވިއުކުރުމަށްފަހު މި ސަރުކާރުން އާންމުކުރި ލިސްޓްގައި ޖުމްލަ 2،695 ފޯމު ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވެއެވެ. އަދި ޕޮއިންޓަށް އައި ބަދަލާއެކު 424 މީހެއްގެ ނަން ލިސްޓުން އުނިކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ސަރުކާރުން ނެރުނު ލިސްޓަށް ބަލާއިރު، ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75އަށް ވުރެ ގިނަ ޕޮއިންޓު ލިބުނީ 1،423 މީހަކަށެވެ. ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 73އަށް ވުރެ މަތިން ޕޮއިންޓު ލިބުނީ 397 މީހަކަށެވެ.

/

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުމުގެ އަސާސީ ޝަރުތަކީ 15 އޮކްޓޯބަރު 2007 އިން ފެށިގެން 15 އޮކްޓޯބަރު 2022ގެ ނިޔަލަށް މާލޭގައި މެދުނުކެނޑި ދިރިއުޅެފައިވާ މީހަކަށް ވުމެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ކިޔެވުމަށާއި ބޭސްފަރުވާއަށް އުޅެފައިވާކަން ސާބިތުވާނަމަ އެ މީހަކު މާލޭގައި މެދުނުކެނޑި ދިރިއުޅުނު ކަމަށް ބަލަން ވަނީ ހަމަޖެހިފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/