އިންޑިއާ އަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދައްކަންޖެހޭ މުއްދަތު އަނެއްކާވެސް އިތުރުކޮށްދީފި

މަރްޔަމް މާޙީ

SHARE
އިންޑިއާ އަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދައްކަންޖެހޭ މުއްދަތު އަނެއްކާވެސް އިތުރުކޮށްދީފި އެވެ.

އިންޑިއާގެ ހައިކޮމިޝަނުން މިއަދު ނުރުނު ބަޔާނެއްގައި ބުނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގައިފައިވާ ޓީބިލުގެ މުއްދަތު ފަސްކޮށްދީފައިވާ ކަަމަށެވެ. އަދި މިފަހަރު އިތުރުކޮށްދިން އަހަރަށް އިތުރު އިންޓްރެސްޓެއް ވެސް ނާރާނެ ކަމަށް ބުންޏެވެ.
އިންޑިއާ ހައިކޮމިޝަނުން އިތުރަށް ބުނީ ރާއްޖެއަކީ އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ޕޮލިސީގެ ދަށުން މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފޮރިން މިނިސްޓަރު ޑރ އަބްދުالله ހަލީލް ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރަށާއި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި މިއީ އިންޑިއާއާ ރައްޖެއާ އޮންނަ ގުޅުމުގެ ރަމްޒެއްކަން ފާހަގަކުރައްވައި ވިދާޅުވީ ހާއްްސަ އިންތިޒާމެއްގެ ދަށުން ރާއްޖެއަށް ދިން އެމާޖެންސީ މާލީ އެހީތެރިކަމެއް ކަމަށެވެ. މިނިސްޓަރު ހަލީލް ވަނީ މިއީ ރައްޖެއަށް ކޮންމެހެން ބޭނުންވާ މާލީ އެހީތެރިކަމެއްކަން ފާހަގަކުރައްވާފައެވެ.
.png&w=3840&q=75)