އާރްޓީއެލްގެ ހިދުމަތް ފުޅާކުރަން އިންޑިއާއިން ހިލޭ 100 މިލިއަން ރުފިޔާ ދެނީ
މިރާޝް މޫސާ

SHARE
އާރްޓީއެލް ފެރީގެ ޚިދުމަތް ފުޅާކުރަން އިންޑިއާ އިން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖީ ބަލަސުބްރަމަނިއަމްއެވެ.
އެ ފައިސާއިން ބަންނަން ނިންމާފައި ވަނީ 12 ފެރީ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އެ ލޯންޗުތައް ބަންނާނެ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީން އަންނަނީ މަޝްވަރާކުރަމުންނެވެ.
މިދިޔަ ސަރުކާރުން އާރްޓީއެލްގެ ފެރީތައް ބަނދެފައި ވަނީ އަލްޝާލީ އާއި ގަލްފްޓް ކްރާފްޓް ލައްވައެވެ. އެގޮތުން އަލް ޝާލީން 10 ލޯންޗު ބަނދެފައިވާއިރު، ގަލްފް ކްރާފްޓުން 17 ލޯންޗު ބަނދެފައިވެއެވެ.
.png&w=3840&q=75)
އާރްޓީއެލް ފެރީގެ ޚިދުމަތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ހިމެނޭ ނުވަ އަތޮޅުގެ 81 ރަށް މިހާރު ވަނީ ގުޅާލާފައެވެ.