އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވާން އަމީނަށް އެއް ގަޑިއިރު ދޭން ފާސްކޮށްފި

މަރްޔަމް މާޙީ

SHARE
އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުރާދީވުމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީނަށް އެއް ގަޑިއިރު ދޭން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީ އިން ފާސްކޮށްފިއެވެ.

މާލޭގެ ގެއެއްގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅުވައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައެޅީ އިދިކޮޅު އެމްޑީޕީ އިން ނެވެ. އެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ 12 މަޖިލިސް މެންބަރުންގެ ސޮޔާއެކުއެވެ.
އެމްޑީޕީން އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ އެ މައްސަލަ ހުށަހެޅި ސަބަބުތައް ކިޔައިދެއްވާފައެވެ.
އޭގެތެރެއިން އެއް ސަބަބަކީ ފުލުހުން އަމީންގެ ގެ ފާސްކުރަމުން ދިޔަ ވަގުތު އަމީން އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއަށް ފޯނުން ގުޅުއްވުމެވެ. އެއީ ތަހުގީގަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ. ނަމަވެސް އަމީން މީގެކުރިން ވިދާޅުވެފައި ވަނީ އެވަގުތު ޝުޖާއުއަށް ގުޅުއްވީ ކޯޓް އަމުރެއް ނެތި ވެސް އެގެއަށް ވަދެވޭނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އަމީންގެ ގޭގެ ސީސީޓީވީ ކެމެރާތަކުގެ ފްޓޭޖް ހޯދަން ދިޔުމުން ކެމެރާތައް ހަލާކުވެފައިވާ ކަމަށް ބުނެ، އެކަމަށް ފުރުސަތު ނުދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މީކާއީލް ވިދާޅުވިއެވެ.
.png&w=3840&q=75)
ޔުމްނު ވެއްޓުނު ރޭ، މި މަހުގެ 17 ވަނަ ދުވަހުގެ ރޭ މިނިސްޓަރު އަމީން ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ. މިކަމުގައި މިނިސްޓަރު އަމީނަށް ސޯޝަލް މީޑިއާގައި ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއްކަން ވަނީ ހާމަވެފައެވެ.
މިނިސްޓަރު އަމީންގެ އާއިލީގެ ކަމަށްވާ މ. މާންދޫގެދެކުނުގޭގައި ބޭއްވި ޕާޓީގައި ޔުމްނުގެ އިތުރުން އޭނައާއެކު ފެންޓެނޯއީގޭގެ ތެރޭގައި އުޅުނު ރައުދު އަހްމަދު ޒިލާލް ވެސް ބައިވެރިވެފައިވެއެވެ. އޭގެއިތުރުން އަމީނަށް ބޮޑުބޭބެ ކިޔާ އިޒުދިޔާން މުހައްމަދު މައުމޫނާއި ޔޫސުފް އަހުމަދު އަކްރަމް ވެސް އެ ޕާޓީގައި ބައިވެރިވެފައިވެއެވެ. އަމީނާ ގުޅުވައި ތަފާތު ވާހަކަތައް ދައްކަނީ އެހެންވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަމީންގެ ގޭގެ ސީސީޓީވީ ކެމެރާތައް ހަލާކުވެފައިވާކަން ފުލުހުން އެގެއަށްގޮސް ބެލިބެލުމުން ކަށަވަރުވެފައިވާ ކަމަށެވެ. ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެގެ ވެސް ބަލައިފާސްކޮށްފައެވެ.
އެހެންކަމުން މި މައްސަލައަށް ޖަވާބުރާދީވުމަށް މިނިސްޓަރު އަމީނަށް އެއް ގަޑިއިރު އަދި މެންބަރުންނަށް އެއް ގަޑިއިރު ދޭން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީ އިން ވަނީ މިއަދު ނިންމައިފައެވެ.
