logo

ނަޑެއްލާއިން ގެއްލުނު މީހާ ފެނިއްޖެ، އިތުރު ކަންތައްތަކެއް ތަހުގީގު ކުރަނީ

މިރާޝް މޫސާ

12 މޭ 2025 - 16:57
ނަޑެއްލާއިން ގެއްލުނު މީހާ ފެނިއްޖެ، އިތުރު ކަންތައްތަކެއް ތަހުގީގު ކުރަނީ

SHARE

ގދ. ނަޑެއްލާއިން ގެއްލިގެން ހޯދަމުން އައި މީހާ ފެނިއްޖެއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ގެއްލިގެން ހޯދީ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34އ) އެވެ.

ފުލުހުން ބުނީ 11 މެއި 2025 ވަނަ ދުވަހުގެ 14:00 އެހާކަންހާއިރު ގދ. ނަޑެއްލާއަށް ކައިރިކުރި “އިތުބާރު” ނަމަކަށް ކިޔާ ދޯނިން އެރަށަށް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައިނުވާތީއާއި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:25 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ އޭނާ ފެނިފައި ވަނީ ފުލުހުންނާއި ނަޑެއްލާ ރައްޔިތުންގެ ޓީމަކަށް ކަމަށެވެ. ނަމަވެސް ފެނުނީ ކޮންތާކުން ކަމެއް ނުބުނެއެވެ. އޭނާ ހޯދުމަށް 10 ފަޅުރަށް ބަލާފައިވެއެވެ.

" އާދަމް އިބްރާހީމް ގެއްލިފައިވާ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/