logo

މައްސަލަތައް ހައްލުކުރުމަށް ދެމަފިރިން މަޝްވަރާކުރުން މުހިންމު: އިސް ގާޒީ

މަރްޔަމް މާޙީ

މަރްޔަމް މާޙީ

15 މޭ 2025 - 08:31
މައްސަލަތައް ހައްލުކުރުމަށް ދެމަފިރިން މަޝްވަރާކުރުން މުހިންމު: އިސް ގާޒީ

SHARE

ދިރިއުޅުމުގައޖ ދިމާވާ ައްސލަަތައް ހައްލުކުރުމަށް ދެމަފިރިން އެކުގައި މަޝްވަރާކުރުމަކީ މުހިންމުކަމެއް ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު މިއަދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު ވިދާޅުވީ، މައްސަލަތައް ސޯޝަލް މީޑިއާއަށް ގެނައުމުގެ ބަދަލުގައި ދެމަފިރިން ވާހަކަދައްކައިގެން ކަންކަމަށް ހައްލުގެނެވޭނެކަމަށެވެ.

އިސް ގާޒީ މިކަން ސާބިތުކޮސްދެއްވުމަށް ހިއްސާ ކުރެއްވީ ކޯޓުގައި މެދުވެރިވި ހަގީގީ ހާދިސާއެކެވެ.

ގާޒީ ވިދާޅުވީ، ވަރީގެ މައްސަލައެއްގައި ކޯޓަށް ހާޒިރުވި ދެމަފިރިއެއްގެ އަޑުއެހުން، ކުރިން އޮތް ތާވަލު ދިގުދެމިގެން ދިއުމާއެކު ލަސްވިކަމަށެވެ. އަދި މައްސަލައިގެ އަޑުއެހުމަށް ގާޒީ ވަޑައިގެން މައްސަލަ ބަލަން ފެށުމާއެކު، އެ މައްސަލަ ބާތިލް ކޮށްދިނުމަށް އެ ދެމަފިރިން އެދުނު ކަމަށެވެ.

ސަބަބަކީ ކޮބައިތޯ ބެލިއިރު، މީގެ ކުރިން އެ ދެމަފިރިން އެކަކު އަނެކަކާ މަޝްވަރާކޮށް ހަމަޖެހިގެން ވާހަކަދައްކައިފައި ނުވާކަން އިނގުނު ކަމަށް ގާޒީ ވިދާޅުވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ގާޒީ ވިދާޅުވީ ކޮންމެ ވަރިވާ ދެމަފިރިއެއްގެ ހާލަތަކީ ނޫން ކަމުގައި ވިޔަސް، ގިނަ ފަހަރަށް ދެމަފިރިން މައްސަލަ ހުށައަޅާއިރު އެއްވެސް ވަރަކަށް މަޝްވަރާއެއް ކޮށްފައި ނޯންނަ ކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި ވަރިވުމުގެ ކުރިން ކަންކަމާ މަޝްވަރާކޮށްފިނަމަ، އެ ކައިވެންޏެއްގައި ދެމިހުންނަން ޖެހޭ އެތައް ސަބަބެއް ފެންނާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މަޝްވަރާކުރުމާ އެއްވަރަށް ކައިވެންޏެއް ދެމެހެއްޓުމުގައި އާއިލާ އެއްކޮށް ހޭދަކުރާ ވަގުތު އިތުރު ކުރަން ޖެހޭނެ ކަމަށް ވެސް ގާޒީ ނަސޭހަތްތެރިވިއެވެ.

/
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/