logo

މިއަދުގެ ރީތި ތާރީހުގައި 59 ކައިވެނި!

މަރްޔަމް މާޙީ

މަރްޔަމް މާޙީ

25 މޭ 2025 - 04:29
މިއަދުގެ ރީތި ތާރީހުގައި 59 ކައިވެނި!

SHARE

މިއަދު މާލޭ ފެމިލީ ކޯޓުގައި 59 ކައިވެނި ކުރަން ހަމަޖެހިފައިވާއިރު, ވަރިއާ ބެހޭ 22 މައްސަލަ އެއް ތާވަލުކޮށްފައިވާކަން ފެމިލީ ކޯޓުން ހާމަކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދު ކުރާ ކައިވެނިތައް އިތުރުވެފައިވަނީ މިއަދުގެ ތާރީހު 25/05/25 ރީތި ވުމުންނެވެ. ކޮންމެ އަހަރަކު ވެސް މިފަދަ ރީތި ތާރީހުތަކުގައި ކުރާ ކައިވެނި އިތުރުވެއެވެ.

ފެމިލީކޯޓުން މިއަދު އެކްސްގައި ކުރި ޕޯށްޓެއްގައި ބުނީ މިއަދުގެ ރަސްމީ ގަޑީގައި 23 ކައިވެނި އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މިއީ މި އަހަރުގެ މިހާތަނަށް އެ ކޯޓުގައި އެއް ދުވަހު އެންމެ ގިނަ ކައިވެނި ޢަޤްދު ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސް ކަމަށް ވެސް ފެމިލީ ބުންޏެވެ. އަދި ކޯޓަށް ވަޑައިގަންނަވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޯޓުން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަން ވެސް ފާހަގަކުރިއެވެ.

އެގޮތުން ފެމިލީ ކޯޓުގެ ބޭރުގައި ޓެންޓު ޖަހައި، މީހުންނަށް އިށީންދެ ތިބެވޭނެ ގޮތަށް ގޮނޑި ޖަހައިފައި ވެސް ވެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

undefined

/
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/