logo

ސިޔާމްއާއި ޒާރާގެ ކައިވެނި ސުލްހަވެރިކަމާއެކު ރޫޅައިލައިފި!

ސައިފުﷲ އަލީ

15 ޖުލައި 2025 - 14:19
ސިޔާމްއާއި ޒާރާގެ ކައިވެނި ސުލްހަވެރިކަމާއެކު ރޫޅައިލައިފި!

SHARE

ފަހުގެ ތާރީހެއްގައި ރާއްޖޭގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކައިވެނި ކަމަށްވާ, މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުއާއި ނެށުންތެރިޔާ އައިމިނަތު ޒާރާގެ ކައިވެނި ސުލްހަވެރިކަމާއެކު ރޫޅައިލައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ޒާރާ އާއި ސިޔާމްގެ ކައިވެނި ޕާޓީ އަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ކައިވެނި ޕާޓީއެވެ.

އެ ކައިވެނި ރޫޅުނުކަން އިއުލާންކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.

ފޭސްބުގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ ސިޔާމް އާއި ޒާރާގެ ކައިވެނި ކުރީ، އެކަކު އަނެކަކު ދެކެ ވަރަށް ބޮޑަށް ލޯބިވެގެން ކަމަށެވެ. އަދި ކައިވެނި ރޫޅާލީ ވެސް، ރިވެތިގޮތުގައި މަޝްވަރާކުރުމަށް ފަހުގައި، ސުލްހަވެރިކަމާއެކު، ސުލްހަވެރި މާހައުލެއްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސިޔާމްއަކީ އެއްވެސް ބޭފުޅަކާ މެދު ނިކަމެތިކޮށް ކަންކުރައްވާނެ ބޭފުޅެއް ނޫނެވެ. އަދި ކޮންމެ ބޭފުޅަކާ މެދު ވެސް ކަންކުރައްވާނީ، ލޯބިން އަދި އޯގާތެރިކަމާއެކުގަ އެވެ،" އައްބާސް ވިދާޅުވި އެވެ."ކައިވެނި ކުރާ ކޮންމެ ދެމަފިރިއަކު މުޅި އުމުރު އެކުގައި ނޫޅެވުމަކީ މައްސަލައެއް ނޫނެވެ." އައްބާސް ވިދާޅުވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/