ޑިންގީއެއްގައި ލޯންޗަކުން ޖެހި އެކްސިޑެންޓެއް, ފަސް މީހަކަށް އަނިޔާވެއްޖެ

މަރްޔަމް މާޙީ
21 މޭ 2025 - 04:02

SHARE
ޑިންގީ އެއްގައި ލޯންޗަކުން ޖެހި އެކްސިޑެންޓެއް ހިނގައި, ފަސް މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 12:33 ހާއިރު ޅ. އަތޮޅު ގާއެރިފަޅު ކައިރީ ރޭ މެންދަމު ފީނަން ގޮސް އުޅުނު ބަޔަކު ތިބި ޑިންގީއެއްގައި ލޯންޗަކުން ޖެހި އެކްސިޑެންޓެއް ހިނގައިފައިވާކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ފަސް މީހަކަށް އަނިޔާވި އިރު، އެކަކުގެ ހާލު ސީރިއަސް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަނިޔާވި އެންމެނަށް ވެސް ފަރުވާ ދެމުން އަންނަނީ ޅ. އަތޮޅު ހޮސްޕަލުގައެވެ.
މި ހާދިސާގައި ލޯންޗުން ޖެހުނު ޑިންގީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ދުލުހުން ބުނެފައިވެއެވެ.
ފުލުހުން އަންނަނީ މިހާރު މި ހާދިސާ ތަހުގީގު ކުރަމުންނެވެ.
.png&w=3840&q=75)