މަނާ ގަޑީގައި ވެހިކަލް ދުއްވުމުން 141 މީހަކަށް ދިނީ ނަސޭހަތް، ޖޫރިމަނާކުރީ 11 މީހަކު
މިރާޝް މޫސާ

ޓްރެފިކް ފުލުހަކު މަގުމަތީގައި ހަރަކާތްތެރިވަނީ --- ފައިލް ފޮޓޯ: ޕޮލިސް
SHARE
މާލެ އާއި ވިލިމާލޭގައި މިއަދު ވެހިކަލް ދުއްވުން މަނާކޮށްފައިވާ ވަގުތުގައި ވެހިކަލް ދުއްވުމުން 141 ވެހިކަލް ހުއްޓުވައި 11 މީހަކު ޖޫރިމަނާކޮށްފިއެވެ.

މިއަދު ހަވީރު 4 އިން 6 އަށް ގްރޭޓާ މާލޭ ސަރަހައްދުގެ ހުރިހާ މަގެއްގައި ވެހިކަލް ދުއްވުން މަނާކޮށް މާލޭ ސިޓީ ކައުންސިލުން ވަނީ އިއުލާނެއް ކޮށްފައެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހުޅުމާލޭގައި ވެހިކަލް ދުއްވުން ހުއްދަކޮށްފައެވެ.
އެވަގުތުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި މަނާ ވަގުތުގައި ވެހިކަލް ދުއްވައިގެން 141 މީހަކަށް އެކަން ނުކުރަން ނަސޭހަތްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި 11 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.
ފުލުހުން ވަނީ ނުރައްކާތެރިކޮށް ދުއްވުމުގެ އިތުރުން ލައިސެންސުގެ މުއްދަތު ހަމަވެފައި އޮއްވައި ދުއްވައިގެންނާއި ލައިސަންސް ނެތި ދުއްވައިގެން ތިން ވެހިކަލެއް ޓޯ ކޮށްފައެވެ.