ހަތް ކިލޯގެ ޑްރަގް ރާއްޖެ އެތެރެކުރި ބޯޓުގެ އިސް ދެ މީހުން ދޫކޮށްލައިފި
މިރާޝް މޫސާ

SHARE
ރާއްޖެއަށް ކަނޑުމަގުން ހަތް ކިލޯގެ ޑްރަގް އެތެރެކުރި ބޯޓުގެ އިސް ދެ މީހުން ދޫކޮށްލައިފިއެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި އެ މައްސަލައާ ގުޅިގެން 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެގެތެރޭގައި ހިމެނެނީ އިންޑިއާ އާއި އިންޑޮނީޝިއާއަށް ނިސްބަތްވާ މީހުންނެވެ.
ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ދޫކޮށްލީ އެ މައްސަލާގައި ހައްޔަރުކުރި އިންޑޮނީޝިއާއަށް ނިސްބަތްވާ މުހައްމަދު އިކްބަލް މަކްމުރު، 46، އާއި އެޑްރިއަންސްޔާ، 25، އެވެ.
އެ ދެ މީހުންގެ ތެރެއިން އިކްބަލް އަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޯޓުގެ ޗީފް އޮފިސަރެވެ. އެޑްރިއަންސްޔާއަކީ އެ ބޯޓުގެ އިންޖިނިއަރެވެ. އެ ދެ މީހުން ބަންދުން ދޫކޮށްލި އަމުރުގައި ވަނީ ބޯޓުން ފެނުނު މަސްތުވާތަކެއްޗާއި އެ ދެ މީހުންނާ ގުޅުވާލެވޭ އެއްވެސް ހެއްކެއް ފުލުހުންނަށް ދެއްކިފައިނުވާ ކަމަށެވެ.
އެ ދެ މީހުން ދޫކޮށްލީ 75 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހުއެވެ.
.png&w=3840&q=75)
އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިންޑޮނީޝިއާއަށް ނިސްބަތްވާ އިތުރު މީހަކު ހިމެނެއެވެ. އެއީ ނަސްވަން އަދިލް 30، އެވެ. ދެން ހިމެނެނީ އިންޑިއާއަށް ނިސްބަތްވާ ހަތް މީހެކެވެ.