ލ. ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް: ދެ މީހެއްގެ ފައި ބިނދި ބޯފަޅައިގެން ހިނގައްޖެ
މިރާޝް މޫސާ

އެކްސިޑެންޓްވި ސައިކަލް
SHARE
ލ. ގަމު ލިންކު ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހެއްގެ ފައި ބިނދި ބޯ ފަޅައިގެން ހިނގައްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓް ހިނގިކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 19:03 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓް ހިނގީ ލ. ގަމު ލިންކު ރޯޑުގެ އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއްޖެހިގެންނެވެ.
އެކްސިޑެންޓްވި ކާރު
.png&w=3840&q=75)
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓުގެ ސަބަބުން ސައިކަލުގައި ތިބި ދެ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އެގޮތުން ސައިކަލު ދުއްވަން އިން 44 އަހަރުގެ ދިވެހި ފިރިހެން މީހާގެ ކަނައަތު ފައި ދެ ތަނަކުން ބިނދި ބޯ ފަޅައިގެންގޮސް އިތުރު އަނިޔާތައް ލިބިފައިވެއެވެ. އަދި ފަހަތުގައި އިން 44 އަހަރުގެ ފިރިހެން މީހާގެ ވެސް ކަނައަތު ފައި ދެ ތަނަކުން ބިނދިފައި ވެއެވެ. ހަމައެހެންމެ އޭނާގެ ބޯ ފަޅައިގެން ދިޔުމުގެ އިތުރުން އެކި ވަރުގެ އަނިޔާތައް ލިބިފައި ވެއެވެ.
އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި 62 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށެވެ.
އެ އެކްސިޑެންޓްގެ ފޮޓޯތަކުން އެނގޭގޮތުގައި ސައިކަލުގެ މަޑި ނައްޓައިގެންގޮސް ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި ކާރުގެ ކުރީކޮޅަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
