logo

ބްރިޖުގައި ހަތަރު ސިގްނަލް ޖައްސަައިގެން އޮތް ކާރެއްގެ ސަބަބުން ދެ އެކްސިޑެންޓެއް ހިނގައި މީހެއްގެ ފައި ބިނދިއްޖެ

މަރްޔަމް މާޙީ

މަރްޔަމް މާޙީ

22 މޭ 2025 - 08:00
ބްރިޖުގައި ހަތަރު ސިގްނަލް ޖައްސަައިގެން އޮތް ކާރެއްގެ ސަބަބުން ދެ އެކްސިޑެންޓެއް ހިނގައި މީހެއްގެ ފައި ބިނދިއްޖެ

SHARE

ބްރިޖުގައި ހަތަރު ސިގްނަލް ޖައްސަައިގެން އޮތް ކާރެއްގައި ޖެހި ދެ ސައިކަލު އެކްސިޑެންޓުވެ, ޓްރެފިކް ބާރުބޮޑުވި ވަގުތު އެހެން އެކްސިޑެންޓެއްގައި މީހެއްގެ ފައި ބިނދިއްޖެ އެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

މައުލޫމާތު ލިބޭ ގޮތުގައި އޭނާގެ ފައި ބިނދިފައިވަނީ ފަލަމަސްގަނޑުންނެވެ.

ފުލުހުން ބުނީ ސިނަމާލެ ބްރިޖުގައި މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތުގައި ދެ ސައިކަލުން ޖެހި އެކްސިޑެންޓެއް ހިނގައިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުު ކޮށްފައިވަނީ ރޭ 9:48 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލެއް މަޑު ކުރުމުން, ފަހަތުން އައި އެހެން ސައިކަލެއް އެ މަޑު ކުރި ސައިކަލުގައި ޖެހި,ހަތަރު ސިގްނަލް ޖައްސައިގެން އޮތް ކާރެއްގައި އެ ދެ ސައިކަލު ޖެހިގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހަތަރު ސިގްނަލް ޖައްސާނީ އެމާޖެންސީ ހާލަތެއް މެދުވެރިވުމުންނެވެ.

އަދި މި އެކްސިޑެންޓުގެ ސަބަބުން ޓްރެފިކް ފްލޯ ހުއްޓިފައި އޮތް ވަގުތު ކާރެއްގެ ފަހަތުގައި ސައިކަލަކުން ޖެހި, އިތުރު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ ފައި ފަކަމަސްގަނޑުން ބިނދިފައިވާ ކަމަށާއި, އިތުރު އަނިޔާތަކެއް ވެސް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ދެ އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް ވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މި ދެ މައްސަލަ ފުލުހުން އަންނަނީ މިހާރު ތަހުގީގުކުރަމުންނެެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/