logo

ރައުދުގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

މަރްޔަމް މާޙީ

މަރްޔަމް މާޙީ

26 މޭ 2025 - 09:29
ރައުދުގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

SHARE

މާލޭ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި އެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ޕީޖީ އޮފީހުން މިއަދު ބުނީ ރައުދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހުށައަޅައިފައިވާ މައްސަލަ ބަލައިގަނެފައިވާ ކަމަށާއި, 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ. ފުލުހުން އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ހޮނިިހިރު ދުވަހު އެވެ.

ގ. ފެންޓޯނިއޯގޭގެ ނުވަ ވަނަ ފަންގިފިލާ އިން ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެނގިފައިވާގޮތުގައި އަންހެން މީހާ ވެއްޓުމުގައި ރައުދުގެ އިހުމާލެއްވާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. އަދި އަންހެން މީހާ ވެއްޓުނުކަން އެނގިހުރެ ކަމާބެހޭ ފަރާތްތަކަށް ނާންގައި އެތަން ދޫކޮށް ގޮސްފައިވާ ކަމަށް ވެސް ރައުދުގެ މައްޗަށް ފުލުހުން ތުހުމަތުކުރެއެވެ.

މި މަހުގެ 22ވަނަ ދުވަހުގެ ހެނދުނު ރައުދު ވަނީ ބަންދުން ވެސް ދޫކޮށްލާފައެވެ. އަދި އާއަމުރެއްގެ ދަށުން އެ ދުވަހު އަލުން ރައުދު ހައްޔަރު ކުރިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ރައުދު ބަންދުކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދައުވާ ފޯމު ވެސް ވަނީ އޭނާ ބަންދުން ދޫކޮށްލުމުން ވަނީ ބާތިލްކޮށްފައެވެ. ނަމަ ވެސް އޭނާ ބަންދުން ދޫކޮށްލަން ނިންމި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/