logo

ކަނޑޫދޫ ސްކޫލްގެ ޓީޗަރު ހައްޔަރުކޮށްފި

މިރާޝް މޫސާ

28 މޭ 2025 - 09:29
ކަނޑޫދޫ ސްކޫލްގެ ޓީޗަރު ހައްޔަރުކޮށްފި

ކަނޑޫދޫ ސްކޫލްގެ ދަރިވަރުގެ އިނގިލިތަކުގައި ބެންޑޭޖް އަޅާފައި

SHARE

ތ. ކަނޑޫދޫ ސުކޫލުގައި ކިޔަވާ 11 އަހަރުގެ ދަރިވަރެއްގެ އިނގިލި އަނބުރާލައި، ހުޅުން ނައްޓާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އިންޑިއާއަށް ނިސްބަތްވާ އެ ޓީޗަރު ހައްޔަރުކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހެނދުނު އެ ޓީޗަރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު "ނުކުތާ"އަށް ވިދާޅުވީ ޓީޗަރު ކިޔަވައިދެމުން ދަނިކޮށް އެ ދަރިވަރު ޓީޗަރުގެ ބުރަކަށީގައި ފެންފުޅިއަކުން ޖެހި ކަމަށެވެ. އެއާއެކު ކުއްލިއަކަށް އެނބުރިފައި އެ ޓީޗަރަށް ހިފުނީ އެ ދަރިވަރުގެ އިނގިލީގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ހާދިސާއަށްފަހު ދަރިވަރުގެ ބެލެނިވެރިން ސްކޫލަށް ވަދެ އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފު އަމަލުތަކެއް ހިންގާފައިވާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

"މިކަން ހިނގައިދިޔުމަށްފަހު ދަރިވަރުން ސްކޫލްގައި ކިޔަވަން ތިއްބައި މި ދެންނެވި ދަރިވަރުގެ ބެލެނިވެރިން ސްކޫލަށް ވަދެ އަޑުގަދަކޮށް ވަރަށް ހަޑިހުތުރުބަހުން ޒުވާބުކޮށްފައި ވަނީ. މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން،" އޮފިޝަލް ވިދާޅުވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އޮފިޝަލް ވިދާޅުވީ ސްކޫލެއްގެ ތެރޭގައި އެއްވެސް ބާވަތެއްގެ ކަމެއް ހިނގައިފިނަމަ އެ މިނިސްޓްރީން އެކަން ބަލާނެ ކަމަށެވެ. ނަމަވެސް ކަންހިނގިގޮތް ރަނގަޅަށް ނުބަލައި ވަކިގޮތަކަށް ކަންހިނގި ކަމަށް ބުނެ ވާހަކަތައް ފެތުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"މިއޮތީ ކަމެއް ހިނގާފައި. މިކަން ހިނގިގޮތް ބެލީމަ ދެއްތޯ އެނގޭނީ ކިހިނެތް ހިނގި ކަމެއްކަން. ހަގީގަތް ނުބަލައި އެކި ގޮތްގޮތަށް ވާހަކަ ފެތުރުމަކީ ވަރަށް ހިތާމަހުރި ކަމެއް،" އޮފިޝަލް ވިދާޅުވިއެވެ.

އެ ދަރިވަރުގެ އާއިލާއިން ބުނަނީ އެ ކުއްޖާ ގެންގުޅުނު ފެންފުޅިން ޓީޗަރު ގައިގައި ޖެހުނީ ކަމަށެވެ. އަދި އެހެންވެ ޓީޗަރު ކުއްޖާގެ އިނގިލީގައި ހިފައި އަނބުރާލީ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

އެ ހާދިސާއާ ގުޅިގެން އެ ދަރިވަރަށް އަންނަނީ ތ. ވޭމަންޑޫ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

/
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/