logo

މާބަނޑު އަންހެންމީހާގެ މަރުގެ ދިޔަ ދިނުމަށާއި 10 އަހަރަށް ލައިސަންސް ހިފަހައްޓަން ހުކުމްކޮށްފި

މިރާޝް މޫސާ

29 މޭ 2025 - 15:01
މާބަނޑު އަންހެންމީހާގެ މަރުގެ ދިޔަ ދިނުމަށާއި 10 އަހަރަށް ލައިސަންސް ހިފަހައްޓަން ހުކުމްކޮށްފި

SHARE

މީގެ ދިހަ އަހަރު ކުރިން މާލޭގައި ހިނގި އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކު ނިޔާވި މައްސަލާގައި ސައިކަލް ދުއްވި މީހާ މަރުގެ ދިޔަ ދިނުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ސ. މީދޫ، އިރާސްމިކްގެ، އަލީ އާލިމްގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.

އާލިމް އަކީ މާލޭގެ މަޝްރޫ ގޭންގަކަށް ނިސްބަތްވާ މީހެކެވެ.

2015 ވަނަ އަހަރު ހިނގި އެ އެކްސިޑެންޓްގައި ނިޔާވީ ހއ. ހޯރަފުށީ ގާތުގިރި އަޒްލީލާ އަލީއެވެ.

ހައިކޯޓުން ކުރި ހުކުމްގައި ވަނީ އާލިމްގެ އިހުމާލުން އަޒްލީލާ ނިޔާވެފައިވާތީ މަރުގެ ދިޔަ ދިނުމުގެ އިތުރުން ކައްފާރާގެ ގޮތުގައި ދެ މަސް ދުވަހު ރޯދަ ހިފުމަށާއި 10 އަހަރަށް އޭނާގެ އެއްގަމު އުޅަނދުގެ ލައިސެންސް ހިފެހެއްޓުމަށް އަމުރުކޮށްފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސައިކަލް ދުއްވި އާލިމްގެ އަތުގައި ލައިސެންސެއް ނެތެވެ.

އެ ހާދިސާގައި އަޒްލީލާ ނިޔާވީ އޭނާއަށް ލިބުނު ސީރިއަސް ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެކްސިޑެންޓް ހިނގިއިރު އަޒްލީލާއާއެކު ހުރި އޭނާގެ ދަރިފުޅުގެ ބޯ ދުޅަވެ، ފައި ކަށި މައްޗާއި އުޅަނބޮށި މަށައިގެން ގޮސްފައިވެއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/