logo

ހިޔާ ޕާކްގައި ތޫނުއެއްޗަކުން ހަމަލާދިން ބިދޭސީއަކަށް ފަރުވާދެނީ

ފާތިމަތު މިޝްކާ

3 ޖޫން 2025 - 18:33
ހިޔާ ޕާކްގައި ތޫނުއެއްޗަކުން ހަމަލާދިން ބިދޭސީއަކަށް ފަރުވާދެނީ

ހިޔާ ޕާކްގެ މަސައްކަތް ކުރަމުންދިޔައިރުގެ ފޮޓޯއެއް

SHARE

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކް ސަރަހައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ މިރޭ ޒަޚަމްކޮށްލައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިދޭސީއަކަށް ހަމަލާދީގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އޭނާއަށް ލިބުނު ޒަޚަމްތަކުގެ ތަފްސީލް އަދި ނުލިބެއެވެ.

މަންޒަރު ދުށް ބައެއް މީހުން ކިޔައިދިންގޮތުގައި ހަމަލާދިން ސަރަހައްދުގެ ބިންމަތީގައި ލޭ ވެސް ހުއްޓެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ ސްޓެރަޗުގައި ފުލުހުން ކަމަށް ވެސް މަންޒަރު ދުށް މީހަކު ކިޔައިދިނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/