
SHARE
ރައީސް ޑރ. މުހައްމަދު މުއިއްޒު ޕޮލިސް ކޮމިޝަނަރު ކަމަށް އިސްމާއީލް ނަވީން މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ މަގާމުގެ ފަތްކޮޅު އޭނާއާ ހަވާލުކުރައްވާފައެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާދެއްވުމުން ޕޮލިސް ކޮމިޝަނަރުގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ހަވާލުވެ ހުންނެވީ ވެސް ނަވީނެވެ. މިހާތަނަށް އޭނާ ހުންނެވީ ޑެޕިޔުޓީ ކޮމިޝަނަރުގެ މަގާމުގައެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ސައުތު ޕޮލިސް ކޮމާންޑަރު އަދި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ޝަމީމްއެވެ.
އެ ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، މިދިޔަ ހަފްތާގައި ނިންމީ އެ ބޭފުޅުން އެ މަގާމަށް ޝަރުތުހަމަވާ ކަމަށެވެ.
.png&w=3840&q=75)