logo

އެފްއޭއެމް އިން ކްލަބްތަކަށް ދޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ފުލުހުން

މުހައްމަދު ޔަމީން

މުހައްމަދު ޔަމީން

10 ޖޫން 2025 - 14:47
އެފްއޭއެމް އިން ކްލަބްތަކަށް ދޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ފުލުހުން

ބައްސާމް އަދީލް ޖަލީލް --- ފޮޓޯ: މިހާރު

SHARE

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބުތަކަށް ދެމުންދާ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފްއޭއެމް އިން ކްލަބްތަކަށް ދެމުންދާ ސަބްސިޑީ، އެ ކްލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެފްއޭއެމް އަށް ފީފާ އިން ފޮނުވި ފައިސާތަކަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ބައްސާމްގެ މައްޗަށް ވަނީ މީގެކުރިން ދެ ދައުވާއެއް އުފުލާފައެވެ. އެއީ ޚިޔާނާތްތެރިވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. ބައްސާމް ވަނީ އެ ދައުވާތަކަށް އިންކާރުކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އެ މައްސަލައިގެ ޝަރީއަތް ދިގުލައިގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބައްސާމާ ގުޅޭގޮތުން ތަހުގީގު ކުރާ އިތުރު މައްސަލަތަކުގެ ތެރޭގައި ބައްސާމް ހިއްސާވާ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެފްއޭއެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ހިމެނޭ ކަމަށެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ކޮރަޕްޝަންގެ މައްސަލަތަކާ ހެދި ރާއްޖޭގެ ފުބޯޅައިގެ ކުރިއެރުން ހުއްޓި ދަނީ ފަހަތަށެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/