logo

މިލަންދޫގައި ތިން ޑިންގީއެއް އެނދި މައްސަލަ ތަހުގީގުކުރަނީ

މިލަންދޫގައި ތިން ޑިންގީއެއް އެނދި މައްސަލަ ތަހުގީގުކުރަނީ

SHARE

ށ. މިލަންދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ތިން ޑިންގީއެއް ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއްވި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 23:09 ހާއިރު ކަމަށެވެ. އަލިފާން ރޯވެފައިވަނީ އެ ރަށު "އާދަމްކޮއިބެ" ފައިބަރު މަސައްކަތްކުރާ ސަރަހައްދުގައެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ރޭ ދަންވަރު 01:00 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެ ތަނުގައި ހުރި ތިން ޑިންގީއަކާއި ޑިންގީ ހަދަން ބޭނުންކުރާ ގިނަ އަދަދެއްގެ މޯލްޑްތަކެއް ވަނީ އަނދައިފައެވެ.

މީގެ އިތުރުން ފައިބަރު މަސައްކަތް ކުރުމަށް ބޭނުންކުރާ ސާމާނުތަކަށާއި އެ އިމާރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d