ދާޚިލީ ސަލާމަތީ ދާއިރާގެ ފަހުމުނާމާއެއްގައި ފުލުހުންނާއި މިސްރުގެ ސަރުކާރުން ސޮއިކޮށްފި

އަޙްމަދު ސަދޫފް މޫސާ

SHARE
ދާހިލިީ ސަލާމަތީ ދާއިރާގައި އެއްބާރުލުން ބަދަހިކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ވަސީލަތްތައް އަދި މައުލޫމާތު ހިއްސާކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާ ދެމެދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމަގައި ސޮއިކޮށްފައިވަނީ، ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު މިސްރަށް މިހާރު ކުރެއްވި ރަސްމީ ދަތުރުުފުޅުގެ ތެރެއިންނެވެ.
އެގޮތުން މި ފަހުމުނާމާގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ވެސް ސީޕީ އަޙްމަދު މުޙައްމަދެވެ. މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ފޯރ ޕަބްލިކް ސެކިއުރިޓީ އަދި ހެޑް އޮފް ދަ ސުޕްރީމް ކައުންސިލް އޮފް ދަ ޕޮލިސް، ޖެނެރަލް މަޙްމޫދު އަބޫ އަމްރާއެވެ.
މި މަހުގެ 17 އިން 21 އަށް ސީޕީ ކުރެއްވި ގެ މި ދަތުރުފުޅުގައި ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއި، ދާހިލީ ސަލާމަތީ ހިދުމަތުގައި ތަޖުރިބާ ހިއްސާކުރުމާއި ތަމްރީނު ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން ރަސްމީ ފަރާތްތަކާ އެކު މަޝްވަރާކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.


