logo

ކްރިޕްޓޯ ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ ވިއްކި މީހާގެ މައްޗަށް ދައުވާކޮށްފި

ކްރިޕްޓޯ ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ ވިއްކި މީހާގެ މައްޗަށް ދައުވާކޮށްފި

SHARE

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ތ. ވިލުފުށި، މޫނިމާގެ، އާދަމް އަދްލާން ލަތީފް (22އ) ގެ މައްޗަށެވެ.

އަދްލާން ހައްޔަރުކޮށްފައިވަނީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގެ ތެރެއިންނެވެ. ފުލުހުން ބުނި ގޮތުގައި، އެ ވޮލެޓުން އަދްލާންގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.

އަދްލާންގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ:

  1. އެނގިހުރެ ކޮމްޕިއުޓާ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓާ ޑޭޓާ ސްޓޯރޭޖެއް ނުވަތަ މީޑިއަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ކުށުގެ ދައުވާ.
  2. އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ.

މީގެ ތެރެއިން ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ކުށުގެ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމެވެ. އަދި އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ އަދަބަކީ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެނަމަ، ޖުމްލަ ތިން އަހަރަށްވުރެ ދިގު ޖަލު ހުކުމެއް އަންނާނެއެވެ.

މިދިޔަ މަހުގެ 5 ވަނަ ދުވަހު ހައްޔަރުކުރި އަދްލާންގެ ބަންދަށް ފުރަތަމަ 15 ދުވަސް، އަދި ފަހުން 12 ދުވަސް ކޯޓުން ދީފައިވެއެވެ. ނަމަވެސް، އޭނާ މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d