logo

އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު މާދަމާ އެ ގައުމަށް ފޮނުވައިލަނީ

އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު މާދަމާ އެ ގައުމަށް ފޮނުވައިލަނީ

ކަނޑުއަޑީގެ ހޮހޮލައިގެ ތެރޭގައި މަރުވި އިޓަލީގެ ހަތަރު ފަތުރުވެރިން --

SHARE

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭ މަރުވި އިޓަލީގެ ޑައިވަރުންގެ ހަށިގަނޑުތައް މާދަމާ އެ ގައުމަށް ފޮނުވާލަން ނިންމައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި މާދަމާ ފަތިހުގެ ވަގުތެއްގައި އެ މީހުންގެ ހަށިގަނޑުތައް އެނބުރި އިޓަލީއަށް ފޮނުވައިލަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ގައުމުގައި އެ މީހުންގެ އޮޓޮޕްސީއެއް ހެދި ނަމަވެސް އޭގެ ރިޕޯޓްތައް ދިވެހި ފުލުހުންނާ އެ މީހުން ހިއްސާކުރާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހޮޅައެއް ބަލަން ގޮސް އުޅުނު އިޓަލީގެ ހަތަރު ފަތުރުވެރިއަކާއި އެ މީހުންނާއެކު ދިޔަ ހަމަ އެ ގައުމުގެ އިންސްޓްރަކްޓަރު ގެއްލުނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ހަމަ އެ ދުވަހު އެމްއެންޑީއެފްއާއި ފުލުުހުން ފެށިއިރު, އެ ދުވަހު އެ ހޮހޮޅައިގެ ތެރެއިން ފެނުނީ ހަމައެކަނި އެ މީހުންނާއެކު ދިޔަ އިންސްޓަރްޓަރެވެ.

އޭގެ ފަހުން, އެ އޮޕަރޭޝަންގައި ދިވެހި ސިފައިންގެ ޑައިވަރަކު ވެސް ނިޔާވެފައިވާއިރު, ފަހުން އެ މީހުންގެ ހަށިގަނޑުތައް ހޯދީ ފިންލޭންޑްގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އައިސްގެންނެވެ. އެ މީހުންނާއި ދިވެހި ސިފައިން ގުޅިގެން ކުރި މަސައްކަތުން އެ މީހުންގެ ހަށިގަނޑުތައް ހޯދައި, މިހާރު ވަނީ ނަގައިފައެވެ.

ކަނޑުއަޑީގެ ނުރައްކާތެރި އެ ހޮހޮޅައިގެ ފޮޓޯތަކެއް އެ އޮޕަރޭޝަންގައި ބައިވެރިވި ޑޭން ޔޫރަޕްގެ ޓީމުން ވަނީ ހިއްސާކޮށްފައެވެ. އަދި އެ ތަނުގެ ސީއީއޯ ލޫރާ މަރޯނީ ވަނީ އެ ތަނުގެ ތެރޭގައި ކަންހިނގައިދިޔަ ގޮތްކަމަށް ލަފާކުރެވޭ ވާހަކަތައް އިޓަލީގެ ނޫހެއްކަމަށްވާ ލަ ރިޕަބްލިކާއާ ހިއްސާކޮށްފައެވެ އެ ކަމާ ގުޅޭ ތަފްސީލް ވީޑީއޯއެއް ނުކުތާގައި ވާނީ ޝާއިއުކޮށްފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d