logo

މަހުދީ ނިޔާވި ޑައިވަކީ ކެޕޭސިޓީ ނެތި ކުރާ ޑައިވެއް ކަމަށް ސިފައިން ރައީސް ގާތު ނުބުނޭ: މުންދު

މަހުދީ ނިޔާވި ޑައިވަކީ ކެޕޭސިޓީ ނެތި ކުރާ ޑައިވެއް ކަމަށް ސިފައިން ރައީސް ގާތު ނުބުނޭ: މުންދު

SHARE

ވ. އަތޮޅުން ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް ސިފައިން ހިންގި އޮޕަރޭޝަނުގައި، ބޭނުންވާ ޓެކްނިކަލް ކެޕޭސިޓީ ނެތް ކަމުގެ އެއްވެސް މައުލޫމާތެއް ސިފައިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހިއްސާކޮށްފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ފަސް ޑައިވަރުން ގެއްލުނު ހާދިސާގައި އެ މީހުންގެ ހަށިގަނޑުތައް ހޯދުމަށް ސިފައިންގެ ފަސްޓް ކްލާސް ސާޖަންޓް މުޙައްމަދު މަހުދީ ކުރި ޑައިވަކީ ސިފައިންގެ ކެޕޭސިޓީ ނެތި ކުރި ޑައިވެއް ކަމަށް އެވަގުތު ބުނެފައި ނުވާ ކަމަށެވެ.

އެގޮތުން އެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެ ސަރަހައްދަށް ވަޑައިގެން ސިފައިންނާ ބައްދަލުކުރެއްވިއިރު، އެފަދަ އެއްވެސް ޝަކުވާއެއް ނުވަތަ އިތުރު ރިސްކެއް އޮތް ކަމުގެ ވާހަކައެއް ސިފައިން ފާހަގަކޮށްފައި ނުވާ ކަމަށާއި، އެފަދަ ވާހަކައެއް ސިފައިން ބުނީ އެރޭ ޕީއެސްއެމްގެ ޕްރޮގްރާމުގައި ކަމަށް ވެސް މުންދު ވިދާޅުވިއެވެ.

ރައީސްއާ [ސިފައިން] ބަދަލުކުރީ އެ ދުވަހު ހަވީރު. އެރޭ ފަހުން ރޭގަނޑު އެ ބޭފުޅުން ވާހަކަދެއްކޭނެ. ރައީސުލްޖުމްހޫރިއްޔާ ހާޒިރުގައި ހުންނެވިއިރު އަޅުގަނޑުމެން ކައިރީގައި ހުރީމޭ. ރައީސުލްޖުމްހޫރިއްޔާއާ އެ ބޭފުޅުން ދެއްކެވި ވާހަކަ އަޑުއެހީމޭ. ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު އަޅުގަނޑު އަޑުއެހީމޭ. ތި ވިދާޅުވި ކަހަލަ އެއްވެސް ވާހަކައެއް ވިދާޅެއް ނުވެއޭ. ދެއްވީ އަދާހަމަ މަޢުލޫމާތު ސީދާ އެ ފުރަތަމަ އެ ދުވަހުގެ ޑައިވުގައި ކަންތައްތައް ހިނގާދިޔަ ގޮތުގެ މަޢުލޫމާތު. ކެޕޭސިޓީގެ ވާހަކައެއް، އެޑިޝަނަލް ރިސްކެއް ނަގައޭ ތިމަންނާމެންނަށް އެބަ ކަމެއް ބޭނުންވޭ ވިދާޅެއް ނުވޭ. ވިދާޅުވި ނަމަ، ހަމަ ހަޕިލީ އެކަން ޔަގީނުން ސަރުކާރުން ފެސިލިޓޭޓް ވެސް ކޮށްދޭނެ،- ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)

މުންދު އިތުރަށް ވިދާޅުވީ، ކެޕޭސިޓީގެ މައްސަލައެއް ނުވަތަ އިތުރު އެހީތެރިކަމެއް ބޭނުންވާ ވާހަކަ ސިފައިން ވިދާޅުވި ނަމަ، ސަރުކާރުން އެކަން ވަގުތުން ފަހިކޮށްދެއްވާނެ ކަމަށެވެ. އެގޮތުން އިޓަލީގެ ސަރުކާރުގެ އެހީތެރިކަން ހޯދަން ސަރުކާރުން ނިންމީ ރައީސްގެ އެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، އިޓަލީގެ ސަރުކާރުގެ އެހީތެރިކަން ހޯދަން ސިފައިން އެދުމުން ކަމަށް ވެސް މުންދު ވިދާޅުވިއެވެ.

[އެ ދުވަހު] ރައީސް އަރިހުގައި ތިއްބެވި ތިން ވަޒީރުން. ދެން އަޅުގަނޑު ހުރީ. ވަޒީރުން އަރިހުގައި [ރައީސް] އެއްސެވި، އިތުރު އެއްވެސް ކަހަލަ ސަޕޯޓެއް ބޭނުންވާނެތޯ. އިތުރު އެއްވެސް ކަހަލަ ސަޕޯޓެއް ބޭނުންތޯ. އެހިސާބުން، މިނިސްޓާ އޮފް ފޮރިން އެފެއާޒް ވިދާޅުވި، އިޓެލީ ސަރުކާރު ތައްޔާރަށޭ ތިބި އަޅުގަނޑުމެން ޓެކްނިކަލް ސަޕޯޓެއް ބޭނުންވާނެ. ބޭނުންވާކަމުގައި ވަންޏާ އެ ސަޕޯޓެއް ދޭން. އެމްއެންޑީއެފްގެ ބޭފުޅުން އެކަމަށް އާބަސް ވިދާޅުވި. ވިދާޅުވީމާ، އިޓެލީ ސަރުކާރަށް އެ ތަނުން މާލެ ނައިސް އަޅުގަނޑުމެން ގުޅީ. އޭރު ހަނދުމަފުޅު ހުންނާނެ ސަފީރު ހުންނެވި ރާއްޖޭގައި މާލޭގެ އޭރުގައި. އިޓެލީ ސަފީރަށް ދަންނަވައިގެން އެ ބޭފުޅުންނަށް އަޅުގަނޑުމެން ދެންނެވީ، ޓެކްނިކަލް އެސިސްޓެންސް ފޯރުކޮށްދޭން، - ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)

އެ ދުވަހު ރައީސަށް މައުލޫމާތު އެރުވުމުގައި އިސްކޮށް އުޅުއްވި ސިފައިންގެ ބޭފުޅުންގެ ތެރޭގައި ނިޔާވި މަހުދީ ވެސް ހުންނެވިއެވެ.

އިޓަލީގެ ފަތުރުވެރިން ހޯދަން ފީނުމުގެ ތެރޭގައި ސިއްހީ ހާލަތު ގޯސްވެ، މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަހުދީ ނިޔާވީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި މަހުދީ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

މަހުދީ ނިޔާވި ހާދިސާ އަދި އިޓަލީ ޑައިވަރުން ނިޔާވި ހާދިސާ ވެސް ފުލުހުން މިހާރު ގެންދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d