މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ބައްދަލުވުން ނޯންނާނެ، އެކަމަކު ޖަލްސާ އޮންނާނެ
މިންހާ އަބްދުالله

މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގެ ތެރެއިން
SHARE
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި އަހަރުވެސް ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މި ބައްދަލުކުރެއްވުން ނުބޭއްވެވުމަށް ނިންމެވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުންކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެހެންނަމަވެސް، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ މި އަހަރުވެސް އޮންނާނެ އެވެ. މި ޖަލްސާ މި ފަހަރު އޮންނާނީ، މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ. މި ޖަލްސާގައި ރައީސް މުއިއްޒު ދިވެހި ގައުމާ މުހާތަބުކުރައްވާނެއެވެ.
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރު ބޭއްވި ހަރަކާތްތައް 4.1 މިލިއަން ރުފިޔާ ޚަރަދުވެފައި ވާކަމަށް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްަޓަރު, ހީނާ ވަލީދު ވިދާޅުވެފައިވެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ދައްކާލުމަށް ވަނީ ޕެރޭޑެއް ބާއްވައިފައެވެ. އަދި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑު ވެސް ވަނީ ބާއްވާފައެވެ. މިއިން އެއްވެސް ކަމެއްގެ ހަރަދު މާލެ ސަރަހައްދުން ބޭރަށް ކޮށްފައިނުވާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.


.jpg&w=3840&q=75)
