logo

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހަމީދާއި ސަލީމް އައްޔަންކުރައްވައިފި

ސައިފުﷲ އަލީ

11 ޖޫން 2025 - 13:08
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހަމީދާއި ސަލީމް އައްޔަންކުރައްވައިފި

SHARE

ރައީސް ޑރ. މުހައްމަދު މުއިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުﷲ ހަމީދާއި މުހައްމަދު ސަލީމް އައްޔަން ކުރައްވައިފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ނ. ހެނބަދޫ، ނޫރާނީމާގެ އަބްދުﷲ ހަމީދަކީ ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް މިދިޔަ ސަރުކާރުން ވަކި ކުރި ބޭފުޅެކެވެ. ފ. ބިލެތްދޫ، މޯނިންގްވިލާ، މުހައްމަދު ސަލީމަކީ ހައިކޯޓުގެ ލީގަލް އޮފިސަރަކަށް ހުންނަވަނިކޮށް ނިމިދިޔަ ސަރުކާރުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި ބޭފުޅެކެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވާ ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުހައްމަދުއެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް މުއިއްޒު ވަނީ އެ ދެ ބޭފުޅުންނާ ހަވާލުކުރައްވާފައެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން ސަލީމަކީ ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެއް ޝަރުތު ފުރިހަމަނުވާ ބޭފުޅެއް ކަމަށް ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބަޔަކު ވަނީ ވިދާޅުވެފައެވެ.

އެ މާއްދާގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ ކޮންމެ މީހަކީ އުމުރުން 30 އަހަރު ވެފައިވުމާ އެކު، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އެކަމާ ގުޅިގެން ޖޭއެސްސީގެ ރައީސް އަދި މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ވިދާޅުވެފައި ވަނީ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ލިބުނުތާ ހަތް އަހަރުވެފައިވާނަމަ އެ މާއްދާގައި ބުނާ ޝަރުތު ހަމަވީ ކަމަށެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/