ގެދޮރުވެރިޔާ ފްލެޓުތަކަށް 588 މީހުން ޑިޕޮސިޓް ދައްކައިފި

މަރްޔަމް މާޙީ

SHARE
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓުތަކަށް 588 މީހުން ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ކަމަށް ފަހި ދިިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރަމުން އަންނަ 4000 ފްލެޓުގެ ތެރެއިން މަސައްކަތް ނިމިފައިވާ ތަންތަނަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެގޮތުން 2 ކޮޓަރީގެ އެޕާޓްމަންޓްއަކަށް ދައްކަން ޖެހެނީ 15000 ރުފިޔާ އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25000 ހާސް ރުފިޔާގެ ޑިޕޮސިޓް އެވެ.
3 ކޮޓަރިއަށް 13000 ރުފިޔާ 2 ކޮޓަރިއަށް 9000 ރުފިޔާއެވެ. ނަމަވެސް ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ސަބްސިޑީއެއް ދޭން ނިންމައި، އެ ފަރާތްތަކުގެ ކުލިން، 3 ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 9000 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލި 7000 ރުފިޔާއަށް ކުޑަކޮށްދެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!


.jpeg&w=3840&q=75)

