logo

ގެދޮރުވެރިޔާ ފުލެޓުތައް ކުއްޔަށްދޫކުރާނަމަ ދައުލަތަށް ނަގަނީ

މަރްޔަމް މާޙީ

މަރްޔަމް މާޙީ

11 އޮކްޓޯބަރު 2025 - 15:36
ގެދޮރުވެރިޔާ ފުލެޓުތައް ކުއްޔަށްދޫކުރާނަމަ ދައުލަތަށް ނަގަނީ

SHARE

ގެދޮރުވެރިޔާ ފުލެޓުތައް ކުއްޔަށް ދޫކުރާނަމަ ދައުލަތަށް ނަގާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ އަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިނިސްޓަރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ގެދޮރުވެރިޔާ ޕްލެޓުތައް ކުއްޔަށް ދޫކުރަން ޖަހައިފައިވާ ޕޯސްޓަރުތަކެއް އާންމުވުމާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމުގައިވާތީ، އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއްނޫން ކަމަށެވެ.

"އެހެންކަމުން އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ," މިނިސްޓަރުގެ ޕޯސްޓުގައި ވެއެވެ.

މީގެ އިތުރުން ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަން ވެސް މިނިސްޓަރު ހާމަ ކުރެއްވިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/