ކިނބިދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފަށައިފި

މަރްޔަމް މާޙީ
SHARE
ތ.ކިނބިދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވައިދެއްވާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތ. ކިނބިދޫއަށް ވަޑައިގެންނެވެ.
މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ އަބްދުالله މުއްތަލިބް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ނަސީމް އެވެ. މިއަދު މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައިވާއިރު, ކިނބިދޫ މަގުތައް ޒަމާނީ ފެންވަރަށް ހަދައި ނިމޭއިރު ފެން ހިންދާ ނިޒާމު ވެސް މި މަގުތަކުގައި ގާއިމް ކުރެވިގެންދާނެއެވެ.
ސަރުކާރުން އަންނަނީ ރަށްރަށުގެ ބޮޑެތި މަގުތައް ރައްޔިތުން ބޭނުންވާ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދިނުމުގެ ހާއްސަ މަޝްރޫއެއް ފަށައިފައެވެ. އެގޮތުން ބޮޑަށް ހަލާކުވެފައި ހުންނަ މަގުތަކާއި މުއައްސަސާތައް ހުންނަ, ނުވަތަ އާންމުކޮށް ގިނައިން ބޭނުންކޮށްއުޅޭ މަގުތައް ތަރައްޤީކުރރަން ހަމަޖެހިފައިވާ ކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މަގުހެދުމުގެ އިތުރުން ކިނބިދޫއާ ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލާނެ ކަމަށް ވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އެ ރަށުގެ ރައްޔިތުންނަށް ވައުދުވެފައެވެ.
.png&w=3840&q=75)
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!





