އަންނަ ރޯދައިގެ ކުރިން 15 އާ މީސްކިތް ހުޅުވާނެ: ރައީސް

ޢާލިމް އަބްދުއްލަތީފް

ރައީސް ޑރ. މުހައްމަދު މުއިއްޒު, އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމާއެކު --
SHARE
އަންނަ ރޯދަމަހުގެ ކުރިން 15 ވަރަކަށް އާ މިސްކިތް މާލެ އާއި އެކި ރަށްރަށުގައި ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތްކުރި އިސްލާމީ މަރުކަޒު މިއަދުގެ ހުކުރު ނަމާދާ އެކު، ރަސްމީކޮށް ހުޅުވުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ. ސަރުކާރާއި ހެޔޮއެދޭ އެކި ފަރާތްތަކުން ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާރާތް ކުރަމުން އަންނަ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫއު ނިމި ރޯދަމަހުގެ ކުރިން ހުޅުވާނެ ކަަމަށެވެ.
"މީގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތެއް ވެސް ހިމެނޭނެ. އަދި ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ހައްލު ކުރުމަށްޓަކައި އެ ތަނުގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ވެެސް ޑިސެންބަރު މަހު ފެށިގެންދާނެ،" ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެެވެ.
މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ ބޭނުމަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެެއްބައިވަންތަކަން ގާއިމުކޮށް އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުން ކަމަށް. ވެސް ރައީސް ވިދާޅުވިއެވެ.
ހއ. ދިއްދޫގެ އިސްލާމީ މަރުކަޒު މިއަދުގެ ހުކުރު ނަމާދަށް ހުޅުވައިދެއްވީ އިސްލާމިކް މިިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
.png&w=3840&q=75)
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!





