
މަހްލޫފް ސަފީރުކަމށް އައްޔަން ކުރެއްވުން--ފޮޓޯ/ ރައީސް އޮފީސް
SHARE
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އައްޔަނުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މަހުލޫފަށް ސަފީރުކަމުގެ ފަތްކޮޅު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
މަހްލޫފް އަކީ ޑީއާރުޕީން ސިޔާސީ މަސައްކަތް ފަށްޓަވައި ޕީޕީއެމް އުފެއްތުމުގައިވެސް އިސް ދައުރެއް އަދާކުރައްވަފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ދިގު މުއްދަތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ.
ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން، މިދިޔަ ސަރުކާރުގައި އޭނާ ވަނީ ޔޫތު މިނިސްޓަރުގެ މަގާމު އަދާކުރައްވާފައެވެ.
އެމްޑީޕީން ވަކިވެ، މިދިޔަ މަހުގެ 15 ވަނަ ދުވަހު މަހްލޫފް ވަނީ ޕީއެންސީއާ ގުޅިވަޑައިގައިންފައެވެ. އެއާއެކު، ޖަޕާނު ސަފީރު ކަމަށް މަޖިލީހުން މަހުލޫފަށް ރުހުން ދީފައިވަނީ އިއްޔެއެވެ.
.png&w=3840&q=75)
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!





