logo

އިންވެސްޓްކުރަން އައި ސައުދީ ވަފްދު ރައީސާ ބައްދަލު ކުރައްވައިފި

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

3 ޑިސެމްބަރު 2025 - 11:16
އިންވެސްޓްކުރަން އައި ސައުދީ ވަފްދު ރައީސާ ބައްދަލު ކުރައްވައިފި

ސައުދީ ވަފްދުގެ ބޭފުޅުންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވަނީ--ފޮޓޯ. ރައީސް އޮފީސް

SHARE

އިންވެސްޓްކުރުމުގެ މަޝްވަރާތަކެއް ކުރުމަށް ރާއްޖެ އައި ސައުދީގެ ވިޔަފާރިވެރިންގެ ވަފްދު މިއަދު ރައީސް ޑރ.މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ބައްދަލުވުމުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި މި ބައްދަލުކުރެއްވުމަކީ މި އަހަރުގެ ކުރީކޮޅު ރައީސް ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ކުރެއްވި މަޝްވަރާއެއްގެ ތެރެއިން ހަމަޖެހި، ބޭއްވުނު ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެބޭފުޅުންނާ ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދެ ގައުމުގެ ގުޅުމާއި އިންވެސްޓްމަންޓާއި އިގްތިސާދުގެ ދާއިރާއާއި އަމިއްލަ ވިޔަފާރިތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމުގު އިތުރުން އާޓިފިޝަލް އިންޓެލިޖެންސާއި އިންފޮމޭޝަން ޓެވްނޮލިޖީގެ ދާއިރާ ހިމެނެއެވެ.

ބައްދަލުވުމުގެ ތެރެއިން ވާހަކަ ފުޅު ދައްކަވަމުން ރައީސް ވަނީ ސައުދީން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަ ކޮށް ޝުކުރު ދަންނަވާފައެވެ. އަދި މީގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ ކުރިއެރުންތަށް ފާހަގަކޮށް ޝުކުރު ދަންނަވަފައިވާކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މިބައްދަލުވުމުގައި ރައީސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިންމުމަށް ސައުދީގެ ސަރުކާރުން ދިން އެހީތެރިކަން ފާހަގަ ކޮށް އަދި އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް އެ ގައުމުގެ މަތީ ފެންވަރުގެ ވަފުދެއް ފޮނުއްވި ކަމަށްޓަކައި ވެސް ޝުކުރު އަދާ ކުރައްވާފައިވެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

އިއްޔެ ރާއްޖޭގައި ހުންނަ ސައުދީގެ އެމްބަސީން ބުނި ގޮތުގައި، އެ ވަފުދުން ދެ ގައުމުގެ އިންވެސްޓްމަންޓްތައް ފުޅާކުރުމުގެ ގޮތުން މަޝްވަރާކުރުމަށް ދިވެހި ސަރުކާރުގެ އެކި ފަރާތްތަކާ ބައްދަލު ކުރުމަށް ހަމަޖެހިފައިވެއެވެ.

އަދި ރާއްޖޭގެ އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭގޮތުން ފޯރަމެއް ބާވަން ވެސް ވަނިީހަަމަ ޖެހިފައެވެ.އަދި މިސަރުކާރު ވެރިކަމަށް އައި ފަހުން ސައުދީއާ ރާއްޖެ އާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ވެފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

/

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/