އިންވެސްޓްކުރުމުގެ މަޝްވަރާތަކަށް ސައުދީގެ ވިޔަފާރިވެރިންގެ އިސް ވަފުދެއް ރާއްޖޭގައި
ސައިފުﷲ އަލީ

ސައުދީގެ ޑެޕިއުޓީ އިންވެސްޓްމެންޓް މިނިސްޓަރު ސާރާ ވެލާނާ އެއާޕޯޓުގައި -- ފޮޓޯ: ސައުދީ އެމްބަސީ
SHARE
ރާއްޖޭގައި އިންވެސްޓުކުރުމުގެ މަޝްވަރާތަކަށް ސައުދީ އަރަބިއްޔާގެ ބޮޑެތި ވިޔަފާރިތައް ހިމެނޭ ވަފުދެއް އިއްޔެ ރާއްޖެ އަތުވެއްޖެއެވެ.

ސައުދީގެ އިންވެސްޓްމަންޓްސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ޑެޕިއުޓީ މިނިސްޓަރު، ސާރާ އަލް ސައީދު އިސްކޮށް ހުންނެވި އެ ވަފުދު ރާއްޖެ އަށް އައީ އިއްޔެގެ މެންދުރުގެ ވަގުތެއްގައެވެ. އެ ވަފުދުގައި ސައުދީގެ ބޮޑެތި ވިޔަފާރިތައް ތަމްސީލުކުރައްވާ މަންދޫބުން ހިމެނިވަޑައިގަންނަވައެވެ. އަދި އެ ގައުމުގެ ސަރުކާރުގެ ބައެއް އިސްވެރިން ވެސް ހިމެނިވަޑައިގަންނަވައެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުނީ، ތިން ދުވަހުގެ މި ދަތުރުގައި އެ ވަފުދުން ދެ ގައުމު ދެމެދުގައި އިންވެސްޓްމަންޓުތައް ފުޅާކުރުމާ މެދު ދިވެހި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން, ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރަން މި ވަފުދާއެކު ފޯރަމެއް ބާއްވަން ހަމަޖެހިފައިވާކަން އެނގިފައިވެއެވެ. އަދި މިއަދު ރާއްޖޭގެ ސަރުކާރުގެ ބައެއް އިސްވެރިންނާއެކު ބައްދަލުވުންތައް ފަށާނެކަން ވެސް އެނގިފައިވެއެވެ.
ސައުދީ އަކީ ރާއްޖޭގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. މިގޮތުން، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އަބަދުވެސް ސައުދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭއިރު، ފެނާއި ނަރުދަމާ އާއި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިމެނެ އެވެ.
.png&w=3840&q=75)
މީގެ އިތުރުން، ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ވެސް ސައުދީ ފަންޑުން ވަނީ ލޯނު އެހީދީފަ އެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން ދެ ގައުމުގެ ގުޅުން ވެސް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެެވެ.
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!




