logo

ހުރިހާ ދާއިރާއަކުން ވެސް ދެ ގައުމުގެ ގުޅުން އަންނަނީ ބަދަހިވަމުން: ސައުދީ ސަފީރު

މަރްޔަމް މާޙީ

މަރްޔަމް މާޙީ

24 ސެޕްޓެމްބަރު 2025 - 11:59
ހުރިހާ ދާއިރާއަކުން ވެސް ދެ ގައުމުގެ ގުޅުން އަންނަނީ ބަދަހިވަމުން: ސައުދީ ސަފީރު

SHARE

ހުރިހާ ދާއިރާއަކުން ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަ ކަމަށް ސައުދީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްސާނީ ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ސައުދީގެ 95ވަނަ ގައުމީ ދުވަހާ ގުޅިގެން ސަފީރު ޔަހްޔާ ހަސަން އަލްގަހްސާނީ ނެރުއްވި ބަޔާނުގައި ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހިންގުމުގެ ދަށުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ. އަދި މި ގުޅުން ހުރިހާ ދާއިރާއަކަށް ފުޅާވަމުންދާކަން ސަފީރު ފާހަގަކުރެއްވިއެވެ.

އަދި ފަތުރުވެރިކަމާއި, ތައުލީމީ ގޮތުންނާއި, ދެމެހެއްޓެނިވި ތަރައްގީގެ ރޮނގުން ދެ ގައުމުގެ ގުޅުން ބަދަހިވަމުން އަންނަކަން ފާހަގަކޮށް, އެ ބަޔާނުގައި ސަފީރު ވިދާޅުވީސައުދީ އަކީ ރާއްޖޭގެ ގައުމީ ތަރައްގީގެ މުހިންމު ހިއްސާދާރެއްކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ ރާއްޖެއާއި ސައުދީއާ ދެމެދު އޮންނަނީ ހަމައެކަނި ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި އޮންނަ ގުޅުން ނޫންކަމަށާއި, ދެ ގައުމުގެ ރައްޔިތުންގެ ކުރިއެރުން ވެސް މި ގުޅުމުގައިވާ ކަން ފާހަގަ ކޮށްފައިވެއެވެ.

ރޭ ސައުދީގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހާއްސަ ޖަލްސާ އެއް ވެސް ވަނީ ބާއްވައިފައެވެ. މި ޖަލްސާގައި ސަރުކާރުގެ ފަރާތުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/