މާލޭގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯ ކުރަން ފލުހުން ފަށައިފި

ފާޠިމަތު ހިބާ

ގަވައިދާ ހިލާފަށް ޕާކް ކޮއްފައި ހުރި އުޅަނދުތައް ފުލުހުން ނަގަނީ--ފޮޓޯ/ޕޮލިސް
SHARE
މާލޭގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އުޅަދުތައް ޓޯ ކުރަން އަނެއްކާ ވެސް ފުލުހުން މިއަދު ފަށައިފިއެވެ.

ކަފިހި ހުރަސްތަކުގައިއާއި ގޯޅިތަކުގެ ކަންމަތީގައި އާންމުންނަށް އުނދަގޫވާ ގޮތަށް ބަހައްޓާފައިވާ އުޅަނދުތައް ނެގުމުގެ މަސއްކަތް މާލޭގައި މިއަދު ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.އަދި ޓޯ ކުރުމަށްފަހު ފުލުހުން ކަނޑައަޅާފައިވާ ވަކި ތަނަކަށް އެ އުޅަނދުތައް ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ ލައިން ދަމާފައިވާ ސަރަހައްދު ތަކާއި ގޯޅިކަންމަތިގައި ޕާކްނުކުރުމަށް އަންގާފައެވެ. އަދި ޕާކްކުރަން ހަމަޖެހިފަިވާ ހާއްސަ ޕާކިން ޒޯންތަކުގައި ޕާކްކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ޓޯ ކޮއްގެން ގެންދެވެ ކޮންމެ އުޅނދެއް ގެންދިއުމުގައާއި އެ އުޅަނދެއް ގެންގޮސް ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ ކަމަށް ވެސް ބުންޏެވެ. އަދި ޓޯ ކުރާ އުޅަނދުތައް ޓޯ ކުރުމަށް ފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށް ވެސް ބުނެއެވެ.
.png&w=3840&q=75)
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!




