logo

އައްޑޫއިން ހައްޔަރުކުރި ޑްރަގްގެ ބޮޑުންގެ ވަނަވަރު އާއްމުކޮށްފި

ޒެނީޝާ ފަތުހީ

ޒެނީޝާ ފަތުހީ

4 ޑިސެމްބަރު 2025 - 20:17
އައްޑޫއިން ހައްޔަރުކުރި ޑްރަގްގެ ބޮޑުންގެ ވަނަވަރު އާއްމުކޮށްފި

ޑްރަގް މައްސަލައިގައި ވަނަވަރު އާއްމުކުރި މީހުން-- ފޮޓޯ: ފުލުހުން

SHARE

މަސްތުވާތަކެއްޗާ ދެކޮޅަން ފުލުހުން ކުރިއަށް ގެންދާ “އޮޕަރޭޝަން އަލިމަގު” ގައި ޑްރަގް ބޮޑުންތަކެއް ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު އާއްމުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުން ބުނާ ގޮތުގައި މި ޑިސެންބަރު މަހުގެ ތިންވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މުޅިން ވެސް ހިތަދުއަށް ނިސްތަބްވާ މީހުންނެވެ. އެއީ އެ ރަށު ކޮންމުލި، ޢަލީ ނަދީމް، 30 އާއި ފަލާޙް ހާފިޡު ފައުޒީ، 31 އާއި އ ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު، 43އާއި ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް، 28 އަދި ކެކުރިމާގެ، އަމީން މުޙައްމަދު، 23އެވެ.

މާޗް މަހުން ފެށިގެން މި ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގެއް ފުލުހުން އައީ ކުރަމުންނެވެ. އަދި ފުލުހުންގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި މި ނެޓްވޯރކްގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދިޔައެވެ.

މީގެއިތުރުން ފާއިތުވި 5 އަހަރު މި ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޢަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ކޯޓަށް ހާޒިރުވުމަށް ފުލުހުން ވަނީ ދީފައެވެ. އަދި ޙަސަން އަލްފާފް އާއި އަމީން މުޙައްމަދުގެ މުއްދަކަށް 5 ދުވަސް ދިފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުނެނެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d
https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/