ޑުރަގު ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރި ބަޔަކު އައްޑޫއިން ހައްޔަރުކޮށްފި

ފާޠިމަތު ހިބާ

އައްޑޫ ހިތަދޫ ސިޓީ ސްކޮއާ --- ސިޓީ އޮފް އައްޑޫ
SHARE
އައްޑޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދާ ނެޓްވޯކް އެއްގެ ބޮޑުންތަކެއް އިއްޔެ ހައްޔަރުކޮށްފިއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޭ އައްޑޫއިން ހައްޔަރުކުރި މީހުންނަކީ 2017 ވަނަ އަހަރުން ފެށިގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ބައެއްކަން ފުލުހުން ހޯދައިފިވާކަމަށެވެ،
މިނިސްޓަރު ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި ރޯލްވެފައިވާކަމަށެވެ.
ފުލުހުން ބުނިގޮތުގައި މި ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރީ ކުރުމުގެ ތަހުގީގު ފުލުހުން ފަށާފައި ވަނީ މިއަހަރުގެ މާޗު މަހުގައެވެ.
ރާއްޖެ މަސްތުވަތަކެތިން ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މަގުސަދުގައި ފުލުުހުން ވަނި "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގެ ދަށުން މި މަހުގެ 13 ވަނަ ދުވަހު އެއްފަހަރާ 39 ރަށެއްގައި އޮޕަރޭޝަން ފަށައި 29.68 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.
.png&w=3840&q=75)
މިނިސްޓަަރު އިހުސާން ވިދާޅުވީ، މި އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވަކިވަކި މީހުންނަށް ޓާގެޓު ކުރާނެ ކަމަށެވެ.
"ރާއްޖޭގައި މި ވިޔަފާރިކުރާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރުދީ ނަސޭހަތްތެރިވަން. ފުލުހުންގެ ތަހުގީގު އެމީހަކާހިސާބަށް ފޯރުމުން އެކަކަށްވެސް އިތުރު ރަހުމެއް ހަމްދަރުދީ އެއް އިސްތިސްނާއެއް ނޯންނާނެ! ހަމައެކަނި އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅު." މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!




