logo

އަތޮޅު ކައުންސިލުތައް އުވާލާ ބިލް ރައީސް ތަސްދީގުކުރައްވައިފި

ހާއިމް އަހްމަދު ހާޝިމް

ހާއިމް އަހްމަދު ހާޝިމް

1 ޑިސެމްބަރު 2025 - 14:29
އަތޮޅު ކައުންސިލުތައް އުވާލާ ބިލް ރައީސް ތަސްދީގުކުރައްވައިފި

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ --

SHARE

ގާނޫނު ނަންބަރު 7/2010، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 17 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި އިސްލާހާއެކު، ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލުތަކުގެ އިންތިހާބަށް ފަހު އަތޮޅު ކައުންސިލުތައް އުވޭނެކަމަށް ރައީސް އޮފީހުން ބުނެއެވެ. ރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލުގެ ޝަރުތު ހަމަވާ އިދާރީ ދާއިރާތައް ފިޔަވާ އެހެން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގާނީ ރަށު ކައުންސިލުތަކުން ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މިއާއެކު ރަށު ކައުންސިލުތަކުން ޖަވާބުދާރީވާނީ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށާއި އެ ކައުންސިލެއް ހިމެނޭ ރަށެއްގެ ރައްޔިތުންނަށެވެ.

މީގެއިތުރުން، ކައުންސިލުތައް އެކުލެވިގެންވާ ގޮތަށް ވެސް ވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގައި ރަށު ކައުންސިލަށް އިންތިހާބުކުރާނީ ތިން މެންބަރުންނެވެ. އެތަނުން އެއް މެންބަރެއް ވާނީ އަންހެން މެންބަރަކަށެވެ. އަދި 2000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށު ކައުންސިލަކަށް އިންތިހާބުކުރާނީ ފަސް މެންބަރުންނެވެ. އޭގެ ތެރެއިން ދެ މެންބަރުން ވާނީ އަންހެން މެންބަރުންނަށް ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

އަދި ސިޓީ ކައުންސިލްގެ އިންތިހާބުތަކުގައި އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅަނީ އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށް، އިލެކްޝަން ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށް މި އިސްލާހުގައި ވާކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވަނީ އަންގާފައެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މި އިސްލާހާއެކު ކައުންސިލުގެ މެންބަރުން މަގާމުން ވަކިވާ ގޮތުގެ ތެރޭގައި، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުކައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅާ އަކަން އިލެކްޝަނުގައި ދަފުތަރުވުން ނުވަތަ، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ނުވަތަ، އަމިއްލަ ގޮތުން ކައުންސިލަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން ވަނީ ހިމަނުއްވާފަ ކަމަށް އެ ބަޔާނުގައިވެއެވެ.

ވީމާ ރައީސް މި ބިލު ތަސްދީގުކުރައްވާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު މިހާރު މި ގާނޫނަށް އަމަލުކުރަން ވަނީ ފަށާފައެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/