ލިލީގެ ޑިމާންޑު އޮބިނޯވޭ؛ ޓިކެޓު ބުކިންއަށް ހުޅުވައިލައިފި

މަރްޔަމް މާޙީ

ފޮޓޯ: ލިލީ ފިލްމު
SHARE
އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި އަޅުވާ ދިވެހި ފިލްމު “ލިލީ” ގެ ފުރަތަމަ ޓީޒާ އާންމުކޮށްފި އެވެ.

ޓީޒާ އާންމުކުރުމާއެކު އެންމެ 24 ގަޑިއިރު ތެރޭގައި އިންސްޓަގްރާމުގައި ބައި މިލިއަން ވިއުޒް އެ ޓީޒާއަށް ވަނީ ލިބިފައެވެ. މި ފިލްމު ގިނަ ބައެއްގެ ސަމާލުކަމަށް އައީ މިދިޔަ ޖޫން މަހު ކުއްލިއަކަށް ބަަަހަން ފެށި ހުދު ލިލީ މާތަކަކާއެކުއެވެ. އެއަށްފަހު އަނެއްކާ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ މާލޭ މަގުމަތީ ހަރުކޮށްފައިހުރި ޕޯސްޓަރެކެވެ.
ޕަވާ ޕޮއިންޓްގެ ސްކްރީން ޝޮޓެއްގައި 'ލިލީ' ފިލްމުގެ އެޑްވާންސް ބުކިންއަށް ހުޅުވާލިކަން އިއުލާނުކޮށް ހަރުކޮށްފައިވާ މި ޕޯސްޓަރުގައި ވަނީ "ޕޯސްޓަރު ހަދާ ސޮރު އުޅެނީ ބަލިވެ" ކަމަށެވެ.

.png&w=3840&q=75)
އައިޝާ އަލީ ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ޓީޒާ އިން އޭނާ ކުޅޭ ރޯލުގެ ޝަހްސިއްޔަތުގެ ވަރުގަދަކަން ފެނިގެންދާއިރު, މީހުންގެ ހިތުގައި އެންމެ ސުވާލު އުފެދިގެންދިޔައީ މުހައްމަދު އިޝްފާންގެ ރޯލާ މެދުއެވެ. ހުދު ތާކިހަލެއް އަޅައިގެން ޖުއްބާ އެއްގައި އިޝްފާނު ފެނިގެންދާއިރު, މި ފިލްމުގައި ރާއްޖޭގެ ފިލްމް އިންޑަސްޓްރީގެ ދެކެފަރިތަ މޫނުތަކެއްވެސް ފެނިގެންދެއެވެެ. އެގޮތުން, މަރިޔަމް ހަލީމް، އަހުމަދު ނިމާލް އަދީ އަލީ ފާރޫގު ފަދަ ތަޖުރިބާކާރު ތަރިން ފެނިގެންދެެއެވެ.
މި ފިލްމަކީ އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ. މިއީ އޭނާގެ ދެވަނަ ފީޗާ ފިލްމެވެ. ކްރިއޭޓިވް ނެޓުވޯކުގެ ބެނާގެ ދަށުން އުފައްދާ ފުރަތަމަ ފިލްމް 'ލިލީ'ގެ ޕްރޮޑިއުސަރަކީ މުހައްމަދު އަރީހު އެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ސަމާހު އިބްރާހީމް އެވެ.
ލިލީގެ ފުރަތަމަ ތިން ޝޯގެ އެޑްވާންސް ބުކިންއަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ފިލްމުގެ ހޮޓްލައިން 7505079 އަށް ވައިބާ ކޮށްގެން ނުވަތަ book.lilythemovie.com އިންވެސް ޓިކެޓު ބުކް ކުރެވޭނެ އެވެ. ޓިކެޓު ވިއްކަން ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައިކަމަށް އެފިލްމުން މައުލޫމާތު ދެއެވެ.

ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!



