logo

ތަރުހީބު ބޮޑުވެ "މަގޭ ބިޓުގެ ވެޑިން"ގެ އިތުރު ޝޯއެއް ބާއްވަނީ

އައިޝަތު ހިދާޔާ

20 ސެޕްޓެމްބަރު 2026 - 10:18
ތަރުހީބު ބޮޑުވެ "މަގޭ ބިޓުގެ ވެޑިން"ގެ އިތުރު ޝޯއެއް ބާއްވަނީ

SHARE

ޑާކް ރެއިން އެންޓަޓައިންމަންޓުގެ ކޮމެޑީ ފިލްމު "މަގޭ ބިޓުގެ ވެޑިން "އަށް ލިބުނު ތަރުހީބު ބޮޑުވެ, އިތުރު ޝޯއެއް ބާއްވަން ނިންމައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ފިލްމު ރިލީޒްކުރީ މިމަހުގެ ދެވަނަ ދުވަހުއެވެ. އޭގެ ފަހުން މި ޝޯއަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު, ޝޯތައް ދައްކަމުން ދިޔައީ ހައުސްފުލްކޮށެވެ. މި ޝޯތައް ރެއާ ހަމައަށް ގެންދިޔައިރު, ވަދާއީ ޝޯ ބާއްވާފައި ވަނީ ރޭގައެވެ.

އިތުރު ޝޯއެއް ދައްކަން ޑާކްރެއިންއިން ނިންމާފައިވާއިރު, މި ޝޯ ދައްކާނީ 23ވަނަ ދުވަހުގެ ރޭގަނޑު 08:30ގައެވެ.

މި ފިލްމު ލިޔެފައި ވަނީ މަޝްހޫރު ޕްރެޒެންޓަރު އަދި ފިލްމު ލިޔުންތެރިޔާ ޝަހުދާ މަހްމޫދެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދުގެ އިތުރުން ކައިލީން މުހައްމަދު އަލީއެވެ.

މި ފިލްމުގައި ވެސް މިހާރު ފިލްމީ ދާއިރަގައި އެންމެ ފާހަގަކޮށްލެވޭ ތަރިން ފެނިގެންދެއެވެ. އެގޮތުން, މި ފިލްމުގެ މެއިން ކެރެކްޓާއެއްގެ ގޮތުގައި ޝަރަފް އަބްދުﷲ (ޝަރަފް) ފެންނައިރު, ފިލްމުން އާ ފަންނާނެ ފިލްމީ ދާއިރާއަށް ތައާރަފު ވެއެވެ. އެއީ, ފާތިމަތު ރާޔާއެވެ.

މީގެއިތުރުން, މަޖާ ފިލްމުތަކުން ފެންނަ ޝާފިއު އިބްރާހީމް (ފުބޫ) އާއި މިހަާރު ވެސް ބެލުންތެރިން ހިތްތަކުގައި ފަނޑުވުމެއް ނެތް ޝީލާ ނަޖީބް ވެސް މި ފިލްމުގައި ފެންނަނެއެވެ.

މި ފިލްމުގެ ވަދާއީ ޝޯގެ ޓިކެޓުތައް ބުކް ކުރުމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ހޮޓްލައިން 9911229 އަށް ގުޅުމުން ޓިކެޓް ލިބޭނެ ކަމަށް ޑާކްރެއިންއިން ވަނީ ބުނެފައެވެ.

މި ފިލްމު ބެލި ގިނަ ބަޔަކު ބުނަނީ މިއީ ރައްޓެހިންނާއެކު ބަލައިލަން ކަމުދާ މަޖާ ފިލްމެއް ކަމަށެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d