ނޫމަރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި

މަރްޔަމް މާޙީ
13 އޮކްޓޯބަރު 2025 - 07:41
SHARE
ށ. ނޫމަރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.

މިހާރު ށ އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ށ. ނޫމަރާ އަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި ރައީސްޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން މިސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ (މޭޖަރ ރިޓަޔަރޑް) މުހަންމަދު ނަޖާހުގެ އިތުރުން ށ. ނޫމަރާ ކައުންސިލުގެ ރައީސް އަލީ ރަބީއުއެވެ.
ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގަައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.





