logo

ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރަންޖެހޭ: ރައީސް

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

21 ޖެނުއަރީ 2026 - 10:25
ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރަންޖެހޭ: ރައީސް

SHARE

ކޮމަންވެލްތުގެ ނެޓްވޯކްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، އިނގިރޭސިވިލާތާއި ކޮމަންވެލްތުގެ އެހެން މެންބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި އާއި އިގްތިސާދީ އެއްބާރުލުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިނގިރޭސިވިލާތުގެ އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ކޮމަންވެލްތަކީ ގާނޫނީ ނިޒާމާއި، ބަހާއި، ވެރިކަން ކުރުމުގެ އުސޫލުތައް އެއްގޮތް ގައުމުތަކެއް ހިމެނޭ ތަފާތު ޖަމާއަތެއް ކަމަށާއި، މީގެ ސަބަބުން މެންބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރުން ފަސޭހަވެފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރުމަށް ހިނގާ ހަރަދު، އެ ނޫން ގައުމުތަކާ އަޅާބަލާއިރު އެވްރެޖްކޮށް ކުޑައެވެ.

ނަމަވެސް މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ނުހިފޭކަން ފާހަގަކުރައްވައި، ކޮމަންވެލްތުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ ވިސްނުމަށް ސީރިއަސްކޮށް މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބްރެކްސިޓަށްފަހު އިނގިރޭސިވިލާތުން ޔޫރަޕްގެ އިއްތިހާދާއެކު ކުރާ ވިޔަފާރި ދަށްވެފައިވީ ނަމަވެސް، ކޮމަންވެލްތުގެ ގައުމުތަކާއެކު ކުރާ ވިޔަފާރި އުންމީދުކުރި ވަރަށް ކުރިއަރާފައި ނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.

/

ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކްރިއޭޓިވް އިކޮނޮމީ ނުވަތަ އުފެއްދުންތެރި އިގްތިސާދަކީ މުހިންމު ދާއިރާއެއް ކަމަށެވެ.

ޑިޖިޓަލް ކޮންޓެންޓް، މީޑިއާ، ޑިޒައިން އަދި ގޭމިން ފަދަ ދާއިރާތަކުން 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ހިއްސާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، މި ދާއިރާއިން އިނގިރޭސިވިލާތުގެ އެހީތެރިކަން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ޑިޖިޓަލް ގަވަރނަންސް އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އިނގިރޭސި ކުންފުނިތަކަށް ރާއްޖޭގައި ފުރުސަތުތައް އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ ތިންބައިކުޅަ އެއްބަޔަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ކުރާ މަސައްކަތުގައި، އިނގިރޭސިވިލާތުގެ ތަޖުރިބާ ބޭނުންކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

/

މިގޮތުން 100 މެގަވޮޓްގެ ފްލޯޓިން ސޯލާ މަޝްރޫއެއް މިހާރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) މަޝްރޫއެއްގެ ގޮތުގައި ފާސްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ދާއިރާއިން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދާދިފަހުން ލަންޑަނުގައި ތައާރަފްކުރި "ފްރޮމް މޯލްޑިވްސް" ބްރޭންޑަކީ ދެމެހެއްޓެނިވި ގޮތެއްގައި ބާނާ މަސް އިޝްތިހާރު ކުރުމަށް ފެށި މުހިންމު މަސައްކަތެއް ކަމަށެވެ.

މި ދާއިރާއިން މަސް ބާނާ ސަރަހައްދު ދެނެގަނެވޭނެ ނިޒާމުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި ބަންދުކުރާނެ ގޮތްތަކުގެ ތަޖުރިބާ ހުރި އިނގިރޭސި ކުންފުނިތަކަށް ރާއްޖެއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/